ވިއްސާރައާ ގުޅިގެން މާލޭގެ ކަރަންޓް ލޯޑު ބޮޑުތަނުން ދަށްވެއްޖެ

މިއަދު ކުރި ވިއްސާރައާ ގުޅިގެން މާލޭގެ ކަރަންޓު ލޯޑު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.
ވޭތުވެދިޔަ ދުވަސްތަކަކީ ރާއްޖެ އަށް ހޫނުގަދަ ދުވަސް ވަރެކެވެ. އެހެންކަމުން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ހޫނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަރަންޓު އިގްތިސޯދު ކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި މާލެ ސަރަހައްދުގެ އެވްރެޖް ޕަވާ ޔޫސޭޖް (އެވްރެޖް އެނާޖީ ކޮންސަމްޕްޝަން) ދުވަހެއް ދުވަހަކަށް މަތިވަމުން އަންނަ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އެގޮތުން ކަރަންޓު ލޯޑު 90،000 މެގަވޮޓަށްވުރެ މަތީގައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އާއްމުކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުގައި އިއްޔެ އަކީ ވެސް ކަރަންޓު ލޯޑު ބޮޑު ދުވަހެކެވެ. އިއްޔެގެ މެންދުރުފަހު 15:00އާ ހަމައަށް މުޅި ޖުމްލަ ކަރަންޓު ލޯޑު ހުރީ 93،026 މެގަވޮޓުގައެވެ. އެންމެ ބޮޑަށް ކަރަންޓު ލޯޑު ހުރީ މާލޭގައެވެ. އެއީ 66،051 މެގަވޮޓަށްވުރެ މަތީގައެވެ. ހުޅުމާލޭގައި ހުރީ 23،458 މެގަވޮޓުގައެވެ.
Iyye 1500 hrs load huri goiMale : 66051Hulhumale : 23458Total load : 93026
Miadhu 1500hrs ge loadMale’ : 53343Hulhumale: 18843Total: 74727
Thafaathu andhaazaa kohlavaa
— Ahmed Shareef (@ShareefRangondi) May 4, 2023
ނަމަވެސް މިއަދުގެ މެންދުރުފަހު 15:00އާ ހަމައަށް އެ އަދަދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ. މިއަދުގެ އެހާއިރު ޖުމްލަ ކަރަންޓު ލޯޑު ހުރީ 74،727 މެގަވޮޓުގައެވެ. މާލޭގެ ކަރަންޓު ލޯޑުހުރީ 53،343 މެގަވޮޓަށްވުރެ މަތީގައެވެ. ހުޅުމާލޭގައި ހުރީ 18،843 މެގަވޮޓުގައެވެ. އެންމެ ބޮޑަށް ކަރަންޓު ލޯޑު ބޮޑުވާ މާލެ އިން މިއަދު ވަނީ 12,708 މެގަވޮޓުގެ ކަރަންޓު ދަށްވެފައެވެ. އެއީ ގާތްގަނޑަކަށް 19 ޕަސެންޓެވެ.
އެހެންކަމުން ވިއްސާރައާ ގުޅިގެން މިއަދު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
 
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ