އިރުވައި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓުކުރަން އެދެފި
އިރުވައި މޫސުމާ ދިމާކޮށް، ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓުކުރުމަށް އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އެދެފިއެވެ. އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. ކޮންމެ އަހަރަކު ވެސް މި ދުވަސްވަރާ ދިމާކޮށް އަންނަ ދޫނި, ވިޔަފާރި ކުރުމަށާއި މުނިފޫހި ފިލުވުމަށް ހިފާ ގެންގުޅުމުގެ މައްސަލަތައް، މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކަށް އަނިޔާކުރުމަކީ ޖޫރިމަނާގެ އަދަބު ލިބޭނެ އަމަލެކެވެ. މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އީއާރްއޭ އިން ވަނީ މި ދޫނިތަކަކީ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ޚިލާފުވެވޭ ކަމަށް ބުނެފައެވެ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެއް ކަމަށް އީއާރްއޭ އިން ބުންޏެވެ. ފުނަދޫ ކުޅީގައި ފުލެމިންގޯތަކެއް: އެ ރަށަށް 2019 ވަނަ އަހަރުން ފެށިގެން މި ދޫނިތައް އާދޭ-- ފޮޓޯ: ތަންނި ފޮޓޯ ގްރަފީ ވީމާ، މިފަދަ އަމަލުތަކުން ދުރުވެ، ހެދިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތައް އަމަލު ކުރުމަށް ބާރު އަޅާކަމަށް ބަޔާނުގައިވެއެވެ. ގަވާއިދާ ޚިލާފަށް މިފަދަ ދޫނިތައް ހިފާ ގެންގުޅޭ ފަރާތެއް އެނގޭނަމަ ލަސްނުކޮށް ހޮޓްލައިން، 7980379 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ވެސް އީއާރްއޭއިން ވަނީ އެދިފައެވެ. https://sun.mv/200964 މި ދުވަސްވަރު ތަފާތު ދޫނިތައް ރާއްޖެ އާދެއެވެ. ދެހާސްއެކާވީސް ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގުޑުގުޑާ ދޫނިތަކެއް އަންނާތީ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ