އެލާޖީއެއް ވެގެން ދާންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެނަކު މަރުވެއްޖެ

އެލާޖިކް ވެގެން ގއ. ދާންދޫ ސިއްހީ މަރުކަޒަށް މިރޭ ގެންދިޔަ މީހަކު މަރުވެއްޖެއެވެ. ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް 'ސަން'އަށް ވިދާޅުވި ގޮތުގައި، މަރުވީ 41 އަހަރުގެ އައިޝަތު އިބްރާހީމެވެ. އޭނާ ވިދާޅުވީ، އެ މީހާ މަރުވީ އޮޅުއަލައަށް އެލާޖިކް ވެގެން ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް ކަން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދާންދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި، އެލާޖިކް ވެގެން މީހަކު ގެންދިޔައީ ރޭ 09:00ހާއިރެވެ. އޭނާ މަރުވީ ކާއެއްޗަކަށް އެލާޖިކް ވެގެން ފަރުވާ ދެނިކޮށްކަން ދާންދޫ ސިއްހީ މަރުކަޒުން ވެސް ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެލާޖިކްވީ ކޮން އެއްޗަކަށްކަން ސާފުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ