ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗެއް، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނިގޮތުގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެތުލީޓުން ތަމްރީންކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.
ފުލުހުން ބުނީ:
އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް؛ މައްސަލައިގެ އިތުރު ތަފްސީލެއް ނުދޭ
މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވެސް ނުވޭ
އެނގުން މުހިންމު - ފުލުހުން މިފަދަ މައްސަލައެއް ބަލަމުންދާކަން ހާމަކުރީ، މިއަދު ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފައިވަނީ، ވޮލީބޯލް އެސޯސިއޭޝަންގެ އިސް ކޯޗެއްގެ މައްޗަށެވެ.
ވޮލީ ކޯޗެއް ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ