ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ކަރަންޓު ޓެރިފް ރޭޓުތައް މާދަމާއިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި ރޭ ރައީސް ވަނީ އާންމު ކުރައްވައިފައެވެ.
ފެނަކަ ކޯޕަރޭޝަންގެ %19.3 ކަސްޓަމަރުންނަކީ 100 ބޭންޑަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތައް ކަމަށާއި އެބޭންޑުތަކުގެ އަގު 1.50 ރުފިޔާއިން 1.25 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ 101ން 400 އާ ދެމެދުގެ ބޭންޑުކަމަށާއި އެ ބޭންޑުތަކުގެ އަގު އެއް ހަމަކޮށް 1.50ރުފިޔާއަށް ބަދަލުކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަހަރުތަކެއް ވަންދެން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުންތަކާ ގުޅިފައި އޮތް ކަރަންޓު ޓެރިފް ރޭޓްގެ މައްސަލާގައި ވަޢުދުފުޅާ އެއްގޮތަށް ކަރަންޓު ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވަވާނެ ކަމަށެވެ.
“މީ ރާއްޖޭގެ ތާރީޚުގައި އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު، މި ކަހަލަށް ކަމެއް ކުރި. މިކަން އަޅުގަނޑު މި ކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝަންސީ ނޫނީ، ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖުކުރުމުގައި ހުރި މައްސަލަތަކެއްގެ ބަރޑަން، ރައްޔިތުން ނަގާކަށް. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން.” ޕީ.އެސް.އެމްއަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ މިމޭރުމުން އެމަނިކުފާނު ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ސަރުކާރުން ފުޅާ ދާއިރާއެއްގައި އިންވެސްޓްކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ. 2028 ވަނަ އަހަރާ ހިސާބަށް ދާއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި މަސްދަރުތަކުން ހޯދާ ހަކަތައަށް ހެދުމުގެ ޢަމާޒާއެކު، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތައް ހަރުދަނާކުރުމުގެ ތެރެއިން، ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމުގެ ކަންކަން ދެކޮޅުޖައްސަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދެއްވައި، ވަކި މިންވަރެއް މަޢާފްވެސް ކޮށްދެއްވާފައެވެ. ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފުކޮށް ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލްތަކަށް ދެއްވި ޑިސްކައުންޓުގެ އިތުރުން، އެއާއި ވިދިގެން އައި މަހު (އޭޕްރީލް 2025) ގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީތަކުގެ ކަރަންޓު ބިލްތަކަށް ބޮޑު ލުޔެއް ސަރުކާރުން ދެއްވިއެވެ.
ގެދޮރު ނެތް 18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ދެނީ އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށަނީ ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި ޖަލު ނޫން އަދަބުތައް ތަންފީޒުކުރަން އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް މަގުބޫލު ލިޔުނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ