ތިން ރަށެއްގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފި

މާލެ އަތޮޅު ތިން ރަށެއްގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓް މިނިސްޓްރީ އިން ފަށައިފިއެވެ.
އެ މިނިސްޓްރީ އިން މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މިނިސްޓްރީ އިން މާލެ އަތޮޅުގައި ކުރިއަށް ގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމްގެ ތެރެއިން ކ ދިއްފުށީގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
މާލެ އަތޮޅުގެ މި ޒިޔާރަތުގެ ތެރެއިން މިހާތަނަށް ގާފަރު، ކާށިދޫ، އަދި ދިއްފުށީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށާއި އެފަރާތްތަކުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"ހާލު ކިހިނެއް؟" ޕްރޮގްރާމް އަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ