ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލުން ވާދަކުރަން ބޭނުންވެ، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ފަރާތުން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަޙްމަދު ރަޝީދު އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ މެމްބަރު ރަޝީދު ހުށަހެޅުއްވީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމުން އިންތިހާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ބުނެ އެވެ.
ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވަން މެމްބަރު ރަޝީދު ނިންމެވި ނަމަވެސް ފަހުން ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.
އަންނަ މަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝުއާއު އާއި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަޒާން އެވެ.
އިންތިހާބުގައި އަލުން ވާދަކުރަން އަހުމަދު ރަޝީދު ބޭނުންވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ