އދ. ގެ އާންމު މަޖިލީހުގެ ރައީސާއި މިނިސްޓަރު ފައިސަލް ބައްދަލު ކުރައްވައިފި

މިނިސްޓަރު ފައިސަލް އެމެރިކާއަށް ވަޑައިގަތީ އދ. ގެ މަތީ ފަންތީގެ ބައެއް ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރެއްވުމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރެންސިސްއާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ދެ ބޭފުޅުން ބައްދަލު ކުރައްވައިފި އެވެ.ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގަ އެވެ. އދ. ގެ އާންމު މަޖިލިހުގެ ރައީސް ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލު ވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމަށް އިސްކަން ދިނުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މިނިސްޓަރު ފައިސަލް އެމެރިކާއަށް ވަޑައިގަތީ އދ. ގެ މަތީ ފަންތީގެ ބައެއް ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރެއްވުމަށެވެ. އެގޮތުން މިނިސްޓަރު ފައިސަލް ވަނީ އދ. ގެ ހައި ލެވެލް ތުމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކްއަލިޓީ ފޯ އޯލްގައި ތަގްރީރު ވެސް ކުރައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ