މަރަދުއިން ގެއްލުނު މީހާ ފެނިއްޖެ، ސިއްޙީ ހާލަތު ދެނެގަތުމަށް މަރަދޫ ހެލްތު ސެންޓަރަށް

އައްޑޫ ސިޓީ މަރަދޫއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުންދިޔައީ ސ. މަރަދޫ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ މީހާ އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން 17:05 ހާއިރު ފެނިފައިވާކަމަށެވެ. އަދި އޭނާގެ ސިއްޙީ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށެވެ.
ސ. މަރަދޫއިން ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:30 ހާއިރެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ