ގައުމީ ދަތުރަކީ ނިމުމެއް އޮތް އެއްޗެއް ނޫން ކަމަށް ދިވެހި ބަހާއި
ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވަނީ
ގައުމިއްޔަތާ ގުޅުވައި ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ދުވަހަކީ ޒަމާންވުމަކުން އޭގެ ޒިކުރާއަކަށް
ފަނޑުކަމެއް އަންނަ ދުވަހެއް ނޫން ކަމަށާއި ބޮޑު ތަކުރުފާނުގެ ތިން ބެއިން ޕޯޗް
ގީޒުންނާ ދެކޮޅަށް ކުރި ޖިހާދުގައި ބޭނުން ކުރެއްވި ކަޅުއޮއްފުންމި އަކީ ވެސް ޒަމާންވުމަކުން އޭގެ ދުވެއްޔަށް މަޑުކަމެއް އަންނަ އެއްޗެއް ނޫން
ކަމަށެވެ.
"ދިވެހި ރާއްޖޭގެ ތާރީހަށް ބަލާއިރު 400 އަހަރުވަންދެން މެދުކެނޑުމެއް
ނެތި އެއް ޒަމާނުން އަނެއް ޒަމާނަށް އެއް ޖީލުން އަނެއް ޖީލަށް މެދު ކެނޑުމެއް
ނެތި ހަމައެކަނި އޮޑިއަކީ ކަޅު އޮއްފުންމި. ދިވެހި ކޮންމެ ރައްޔިތެއްގެ ސިކުނޑީގައި
އެ އޮޑިކޮޅު އެ އަންނަނީ ފާއިތުވި އެތައް ގަރުނެއް ފާއިތުވަމުންދާއިރު ދަތުރުކުރަމުން
މިއަދާ ހަމަޔަށް." މިނިސްޓަރު ވިދާޅުވި އެވެ.
މިކަންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމުން ވެސް
އެނގިގެންދަނީ ގައުމީ ދަތުރަކީ ނިމުމެއް ނެތް ދަތުރެއް ކަމަށެވެ. އަދި ގައުމު
ސަލާމާތް ކުރުމުގެ ދަތުރަކީ ވެސް މަޑުޖެހިލުމެއް އޮތް އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ގައުމު އިސްލާހުކުރުމަށްޓަކައި ކުރާ ދަތުރަކީ ވެސް އަބަދަށްޓަކައި
ކުރަން ޖެހޭ މުހިއްމު ދަތުރެއް ކަމަށެވެ.
ގައުމިއްޔަތުގެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ މި ސަރުކާރުން ކުރަމުންދާ
ބައެއް މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ.
އެގޮތުން، ރާއްޖެ އިސްލާހު
ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ގިނަ މަސައްކަތްތަކެއް
ކުރައްވަމުންދާކަން ފާހަގަކުރެއްވި އެވެ. ސަރުކާރުގެ މަސައްކަތްތައް ފާހަގަކުރައްވައި
އޭނާ ރައީސް ސިފަކުރެއްވީ، ރާއްޖޭގެ އަދުގެ ތާރީހުގައި ދިވެހިން އަލުން އާ ހަގީގަތްތަކެއްގެ
މައްޗަށް ހޭލައްވާލުމުގެ ބާނީގެ ގޮތުގަ އެވެ.
ގައުމީ ދަތުރަކީ ނިމުމެއް އޮތް ދަތުރެއް ނޫން: މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ