ހއ. ކުޅުދުއްފުށީ ސިޓީގެ އުތުރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަ ނުކުރުމަށް ނިންމާފާއިވާކަން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން އިއުލާނު ކުރައްވާފައިވީ ނަމަވެސް، ނަރީޝް ވިދާޅުވީ، މިހާރު ވާދަ ނުކުރަން ނިންމީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ،
ކުޅުދުއްފުށީ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީގެ ތެރެއިން ޙިދުމަތެއްކޮށް ލޮބުވެތި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި އަޅުގަނޑު ކުޅުދުއްފުށީ އުތުރު ދައިރާއަށް ވާދަކުރަން ނިންމުމާއިއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުން އަޅުގަނޑަށް ތާއީދުއޮތްކަން ހާމަކުރަމުން ގެންދެވި އަދި ޓީމެއްގެ ގޮތުގައި އަޅުގަނޑަށް ތާއީދު ހޯއްދަވައި ދެއްވަން މަސައްކަތްކުރައްވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް ހިތުގެ އިޙްލާސްތެރި ޝުކުރު އަދާކުރަން. - ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ، އޭނާ ކުރި މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ރަށުދަރި ރަށަށް އިންތިޚާބު ކުރުމުގެ ރޫހުގައި ކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށާއި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމްކޮށް ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕްރައިމަރީގައި ވާދަނުކުރަން ނަރީޝް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ