މޫކޭއަށް: އުޅެވުނީ ވަގުންގެ ނެޓްވޯކެއް ކަމަށް ގަބޫލުކުރީތަ!

ދުލެއްނެތް މީހަކު ދުލެއްގަނެގެންވެސް އެއްޗެއް ނުބުނާ ވަރެއްނޫނެވެ. މާލޭ މޭޔަރކަމަށް އެމްޑީޕީ ޓިކެޓް އަލީ އާޒިމަށް ހޯދާދޭން މޫކޭމެން ދައްކަވާ ވާހަކައާއި އުޅުއްވާ އައްޗި ގޮތުންނެވެ. 
މާލޭ މޭޔަރ ކަމަށް އެމްޑީޕީން ޓިކެޓް ދީގެން އާޒިމާ އާއި ވާދަކުރަން އާދަމް އާޒިމް މޫކޭމެނަށް އޭރު ނިކަން ރަގަޅެވެ. ބައި އިލެކްޝަނެއްގައި ހުދުމުހުތާރު ވެރިޔަކާ ދެކޮޅަށް އެމްޑީޕީ ޓިކެޓްގައި ނިކުންނަވާ މޭޔަރުކަން ކާމިޔާބު ކުރެއްވި އިރު އަލީ އާޒިމު ހުންނެވީ އެމްޑީޕީން ނޫންގޮތެއް ހޯއްދަވާ ރޫޅާލަން ނިކުންނަވައެވެ. 
ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ހޮވުނު މާލޭސިޓީ ކައުންސިލަރުން ސަރުކާރު ހިންގާޕާޓީ ގުޅި ހިހޫތަނުން ކާން ފެށިޔަސް މޭޔަރ އާދަމް އާޒިމް ހުންނެވީ އެމްޑިޕިގައެވެ. އޮތް ފަސޭހައަށް ދިލާނުލައްވައެވެ. މާލެ ސިޓީ ދުށް އެއްވެސް މޭޔަރަކު ނުކުރައްވާހާ މަސައްކަތް އާދަމް އާޒިމު ވަނީ މޭޔަރުކަމުގައި ކުރައްވާފައެވެ. 
މުއިއްޒު ދިޔަ މަގުންދާ މީހެއްގެ ގޮތުގައި މޫކޭމެން ކިތަންމެ ވަރަކަށް އާދަމް އާޒިމް ސިފަކޮށްގެން އަލީ އާޒިމަށް ޓިކެޓް ހޯދައިދޭން ދެބޯގެރި ދުއްވިޔަސް މީހުން ހައރާނެއް ނުވެއެވެ. ރައީސް ސޯލިހު ސަރުކާރުން ކުރި އެންމެ ކާމިޔާބު ބޮޑެތި މަސައްކަތްކޮށް އެމްޑިޕީއަށް ރީތި ހޯދާދިން ކުޅަދާނަ އެމްޑީގެ ގޮތުގައި އާދަމް އާޒިމް ނުވެއެއް ނުދާނެއެވެ. 
އެޢައި ހިލާފަށް މުކޭގެ އިސްތަށިފުޅުގައި ތިޖޫރީ ވަގުގެ ހުތުރު ތުހުމަތު އަޅުވާ މޫކޭގެ ނަން ހަރާބުކޮށްލުމުގައި އިސްވެ އުޅުނު އެކަކަށް އަލީ އާޒިމް ނުވެއެއް ނުދާނެއެވެ. ކިތަންމެ ހަންބޯކަމަށް ހެދިގެން އުޅުނަސް އެމްޑީޕީގެ އޭރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލަށް ދާ ޖިންސާއި ބްރޯގެ ނަމުން ނަންދީގެން އަލީއާޒިމުމެން ނޫޅޭ ކަމަކަށްވެސް ނުވާނެއެވެ. އޮނަރަބަލް މާރިޔާ ދީދީގެ އިސްތަށިފުޅުގައި ބޮންގޮއްވުމުގެ ބައިވެރިއެއް ކަމުގެ ތުހުމަތު ރޫލާލާ ޓީމުން ނާޅުވާ ކަމަކަށްވެސް ނުވާނެއެވެ. ޖުމްލަކޮށް މުޅި އެމްޑީޕީއަކީ ވަގުންގެ ނެޓްވޯކެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައިގެން މުޅި އެމްޑީޕީގެ ނަމަށް ހުތުރުއެރުވި މީހުންގެ އިސްސަފުގައި އަލީ އާޒިމް. ނޫޅޭ ކަމަކަށްވެސް ނުހެދޭނެއެވެ. 
އެމްޑީޕީ ރޫޅާލަން ނިކުމެ ގަސްދުގައި ރާވައިގެން އެމްޑީޕީއާއި ދެކޮޅަށް ހިންގި ނުބައި ނުލަފާ ކަންތައްތަކަށް އާއްމު މައާފަކުން މާފަށް ނުއެދި ތިބި ބަޔަކާ ގުޅިގެން އެމްޑީޕީއަށް ބާރު ހޯދަދޭން މޫކޭމެނެއް ކަމަކު އުޅޭނެކަމެއް ނެތެވެ. އާއްމު މާފަކުން މާފަށް ނުއެދި ތިއްބާ ރޫޅާލާ ޓީމު އަތުގައި ހިފައިގެން އެމީހުނަށް ބާރު ހޯދާދޭން ފައްޔާޒާއި މާރިޔާ އާއި މޫކޭމެން ނިކުތުމުން ރޫޅާލާ މީހުން އެމްޑީޕީ ސަރުކާރާއި މުޅި އެމްޑީޕީ ދެކޮޅަށް ދެއްކިހާ ވާހަކައަކީ ހައްގު ތެދުކަމުގެ ސިއްކަޖަހާ ދިނުން ނޫން ދެވަނަ ކަމެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ