މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރަން ހިންގާ މަޝްރޫއުގެ ދަށުން އެމްޕީއެލް ހުންނަ ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އެ މަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަަލަށް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެން އޮތް ފިޔަވަހީގެ މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް މުއިއްޒު އެކްސްގައި ވިދާޅުވީ މިހާރު ތަރައްގީކޮށް ނިމިފައިވާ ބައި އިތުރަށް ތަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓު ހިމެނޭ ވީޑިއޯ އާއި ފޮޓޯތަކެއް ވެސް ހިއްސާކުރައްވަމުންނެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އެ މަންޒަރުތަކުން ދައްކުވައިދެނީ އެ ދިމާލުން ލޯންޗުތައް ކައިރިކުރާ ސަރަހައްދުތަކުގައި ލަކުޑި ފާލަންތަކެކެވެ. މުއިއްޒު ވިދާޅުވީ މި ފާލަންތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.
ސަރުކާރުން ބުނާ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ ޒަމާނީ ފެންވަރުގައި މަގު ތަރައްގީކުރުމުގެ އިތުރުން، މާލޭގެ ޓްރެފިކަށް ލުޔެއް ހޯދަން ވެސް ފަހިކޮށްދޭން މަޝްރޫއެކެވެ.
ޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮން ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާފަ އެވެ. އެ ކުންފުނިން މި ސަރަހައްދު ތަރައްގީކޮށްދިނީ 144.5 މިލިއަން ރުފިޔާގެ އަގަކަށެވެ.
އެމްޓީސީސީން މި މަސައްކަތް ކުރީ އެކި ސެގްމަންޓުތަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ އެ ކުންފުނިން ތަރައްގީކުރީ އެމްއެމްއޭ ކުރިމައްޗަށް އޮންނަ މަގުގެ ސަރަހައްދެވެ. ދެން ތަރައްގީކުރީ މަސް މާރުކޭޓާއި ނޯތު ހާބަރާ ދެމެދު އޮންނަ ސަރަހައްދެވެ. އެންމެ ފަހުން ނިންމާލީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމަައަށް އޮންނަ ސަރަހައްދެވެ.
އެމްޓީސީސީއަށް މި ހުރިހާ މަސައްކަތެއް ނިންމާލެވުނީ ސޮއިކުރިތާ 15 މަސް ފަހުން، އަދި އަމަލީ މަސައްކަތް ފެށިތާ 11 މަސް ދުވަސް ފަހުންނެވެ.
ނޮވެމްބަރުގެ ނިޔަލަށް ސުނާމީ ބިނާއާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ