ކިހާދޫ ރައްޔިތުން ތިބީ އަސާސީ ހުރިހާ ޚިދުމަތަކުން މަޙްރޫމްވެފަ، އެހެނަސް އުންމީދުގަ: ޢަލީ ޙުސައިން

ފާއިތުވެދިއަ ސަރުކާރުތަކުން އެންމެ ބޮޑަށް އިހްމާލުވެފައިވާ އެއް ރަށަކީ ބ. ކިހާދޫ ކަމަށާއި ރަށުގެ ރައްޔިތުން މިހާރުވެސް ތިބީ ކަރަންޓް ނެތުމުން ކަނު އަނދިރީގައި ކަމަށް ކިހާދޫ ހިމެނޭ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
 
ޢަލީ ޙުސައިން ވިދާޅުވީ  ސާފު ބޯފެނާއި ނަރުދަމާއެއް ރަށުގައި ނެތް ކަމަށާއި ބަނދަރު ވެސް އޮތީ ވީރާނާވެފައި ކަމަށެވެ. އެހެންކަމާއިއެކުވެސް ކިހާދޫ ރައްޔިތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުދިނީ އެމީހުންގެ ޙައްޤުތައްވެސް ފޯރުކޮށްދެައްވާނެ ކަމުގެ އުންމީދު އޮތީމައި ކަމަށެވެ.
 
އއ. ފެރިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ އެމަނިކުފާނުގެ ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރައްވައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ