ރާއްޖޭގެ އެންމެ މަޝްހޫރު ސިއްޙީ ތަޖުރިބާކާރު ޑރ އަހުމަދު ރާޒީ އަވަހާރަވެއްޖެ

ރާއްޖޭގެ އެންމެ މަޝްހޫރު ސިއްޙީ ތަޖުރިބާކާރު ޑރ އަހުމަދު ރާޒީ އަވަހާރަވެއްޖެއެވެ. އިތުބާރު ހުރި ގޮތެއްގައި މަޢުލޫމާތު ލިބިފައިވާ ގޮތުން ގޮތުގައި ޑރ. ރާޒީ އަވަހާރަވީ އިއްޔެ ހެނދުނު ހާޓް އެޓޭކެއް ޖެހިވަޑައިގެން އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭ މެންދަމު 2:00 ޖަހާ ކަށްހާއިރު އެވެ. 1984 ވަނަ އަހަރު ދިވެހި ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާ އަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވާ ޑރ އަހުމަދު ރާޒީ އަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައިވާ މަޝްހޫރު ޑޮކްޓަރެކެވެ. ފަހަކަށް އައިސް ސިޔާސީ ބައެއް ޙަރަކާތްތަކުން ވެސް ޑރ ރާޒީގެ ޚިދުމަތުން ބައެއް ދިވެހިންނަށް ލިބިފައި ވާއިރު، ސިޔާސީ ގޮތުން ޙަރަކާތްތެރިވެ ވަޑައިގެންނެވި އިރުވެސް ޑރ ރާޒީ އަކީ ވަރަށް ބޮޑަށް އެމަނިކުފާނުގެ ސުލޫކުގައި ހިފެހެއްޓެވި ބޭފުޅެއް ކަމަށް ޑރ ރާޒީ ދެނެލައްވާ ބައެއް ބޭފުޅުން ސިފަ ކުރައްވައެވެ. މީގެ އިތުރުން ސިއްޙީ ދާއިރާ އަށް އެމަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން މެޑިސިންގެ މަގާމާއި އެ ހޮސްޕިޓަލުގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ފުރުއްވާފައެވެ. ހަކުރުބައްޔާ މެދު ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޑރ ރާޒީ ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަ ކޮށްލެވޭއިރު، ޑރ. ރާޒީ ވަނީ ޑައެބެޓިކް އެސޯސިއޭޝަންގެ ޗެއާމަން ކަން ވެސް ކުރައްވާފަ އެވެ. ޑރ ރާޒީ އަކީ ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުމާއި ޢާއްމު ބަލި ތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވަރަށް ބުރަކޮށް ހިލޭ ސާބަހަށް ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ އަހުމަދު ރާޒީ އަވަހާރަ ވުމުގެ މި ހިތާމަވެރި ދަނޑިވަޅުގައި ދި އިސްލާމްގެ މެނޭޖްމަންޓާއި އެންމެހާ ކިޔުންތެރިންގެ ނަމުގައި ޑރ ރާޒީގެ ޢާއިލާއަށް ތަޢުޒިޔާ ރައްދު ކުރަމެވެ. އަދި އެ މަރުޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ