ޤައުމަށްޓަކާ އިތުރު ޕާޓީތަކަކާ ގުޅެން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށް ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ދެކުނުގެ އަތޮޅުތަކަށް ފުރާވަޑައިގަތުމުގެކުރިން ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ ފުރަތަމަ ބުރުން ޕީ.ޕީ.އެމް އަށް އިންތިޚާބް ކާމިޔާބު ކުރެވޭނެކަމަށާއި، ނަމަވެސް ފުރަތަމަ ބުރުން ކާމިޔާބުނުވެ ދެވަނަ ބުރަށް ހިނގައްޖެނަމަ އެހެން ޕާޓީ ތަކާއެކު ކޯލިޝަން ހައްދަވައިގެން ނަމަވެސް ގައުމަށް ރަނގަޅު ގޮތްތަކެއް ހޯއްދަވާ ދެއްވަން ބޭނުންފުޅުވާކަމަށެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވި އިލެކްޝަންސް ކޮމިޝަންގައި މައްސަލަތަކެއް އެބަހުރި ހުރިކަމަށާއި، އެ މައްސަލަތައް ހައްލުކުރެއްވުމަށް އެބޭފުޅުންނަށް އެއްބާރުލުންދޭން ތައްޔާރަށް ހުންނެވިކަމަށެވެ.
ޤައުމަށްޓަކާ އިތުރު ޕާޓީތަކަކާ ގުޅެން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނަން-މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ