ރާއްޖޭގެ މުދިމުންނަކީ ޑިގްރީ ފެންވަރަށް ކިޔަވާފައިވާ ބަޔަކަށް ހައްދަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުންރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ މުދިމުންނަކީ ފެންވަރު ރަނގަޅު ބަޔަކަށް ހައްދަވާނެކަމަށާއި މުދިމުންނަށް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތުވެސް ހޯއްދަވާ ދެއްވާނެކަމުގައެވެ. އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމުގައި މުދިމުންގެ މުސާރަ ބޮޑުކޮށްދެއްވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވެ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ ވަޒީފާގައި ތިބޭ ފަރާތްތަކުން ޕޭ ލީވްގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުވެސް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ހޯއްދަވައި ދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަކީ 6000 ޓަނުގެ އާގްބޯޓް ފަހަރުގެ ބަނދަރުކުރެވޭ ބަނދަރަކަށް ހައްދަވާނެކަމަށް ގާސިމް ވިދާޅުވާ ވިދާޅުވުން ރޭވެސް ގާސިމް ތަކުރާރު ކުރެއްވިއެވެ.
ޑިގްރީ ފެންވަރަށް މުދިމުންނަށް ކިޔަވައިދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ