ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްުޔޫމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ. ރައީސް މައުމޫން އިސްވެ ހަރަކާތްތެރިވާ އެމްއާރުއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައުމޫންއަށް ފަރުވާ ދެމުންގެންދަނީ އައިޖީއެމްއެޗްގައި ކަމަށެވެ. އެޑްމިޓް ކުރީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައުމޫން އެޑްމިޓްކުރީ ރޯގާ ދިގުލައިގެން ދާތީ، ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ. އިއްޔެ އަކީ މައުމޫންގެ 82 ވަނަ އުފަންދުވަހެވެ. އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަހެއް ވެފައިވާ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ