ބޮޑު އިންޖީނު މައްސަލަޖެހި، ކަރަންޓް ވީހާ ވެސް މަދުން ބޭނުންކުރަން އެދިއްޖެ

އޭދަފުއްޓަށް ކަރަންޓް
ދިނުމަށް ބޭނުންކުރާ މައި ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް
ހައްލުކުރުމަށްޓަކައި އެ ޖަނަރޭޓަ މަރާމާތު ކުރާތީ، އޭދަފުށީގައި ކަރަންޓް
ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ ތަނުން މިއަދު އެދެފި އެވެ.
އޭދަފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި 3 އިންޖީނު
ބޭނުންކުރެއެވެ. ރޭ މައްސަލަ ޖެހިފައިވަނީ އެންމެފަހުން ބެހެއްޓި އެއް މެގަވޯޓްގެ
ޖަނަރޭޓަރަށެވެ.  
ފެނަކަ އޭދަފުށީ އިންޖީނުގެއިން މިކަމާ ގުޅިގެން މިއަދު އާއްމުކުރި
ދެންނެވުމެއްގައި ބުނީ މައްސަލަ ޖެހުނު އިންޖީނު ސާވިސްކުރުމުގެ މަސައްކަތް ރެއިން
ފެށިގެން މެދުނުކެނޑި އިންޖިނައަރުންގެ ޓީމުން ކުރަމުންދާ ކަމަށާއި މައްސަލަ
ހައްލުކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓްގެ
ހިދުމަތް މެދުކެނޑުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.
އަދި
އިންޖީނަށް ދިމާވި މައްސަލަ މުޅިން ހައްލު ކުރެވެންދެން ކަރަންޓް ބޭނުންކުރާ
މިންވަރު މަދުކުރުމަށްޓަކައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި، މަތީ
ކަރަންޓް ބޭނުންވާ ތަކެތި ބޭނުންނުކުރަން އިންޖީނުގެއިން އެދެ އެވެ.
ފެނަކަ އިން ބުނީ ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ
ކުރިން، ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ
ސްވިޗް ނިންވާލާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށެވެ. އަދި މިކަމުގެ
ސަބަބުން ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވާނެ ދަތިތަކަށް އޭދަފުށީ
އިންޖީނުގެއިން ވަނީ މައާފަށް އެދިފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ