ގއ އަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު ކަން ޔަޤީންވެއްޖެ: ޑރ. ޝަހީީމް
ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ތައްޔާރަށްކަން ހާމަވެގެންދިޔަ ކަމަށް ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.ހުވަދު އަތޮޅު އުތުރުބުރިއަށް ޑރ. ޝަހީމް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ އެ ރަށްރަށުގެ ގިނަ ގެތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ ގެތަކުގެ ރައްޔިތުންގެ ހާލުވެސް ޑރ. ޝަހީމް ވަނީ އެންމެ ގާތުން ބައްލަވާފައެވެ.ޑރ. ޝަހީމް ގއ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ގއ އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. އަދި އެ އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު އިތުރަށް އާލާ ވެގެންދިޔަކަމަށެވެ."އަޅުގަނޑުމެން މި ދަތުރު ނިންމާލާފައި މި އައީ ވަރަށް އުފަލާއެކުގައި، މި ދަތުރުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްވަރު އިތުރަށް ވަރުގަދަވެއްޖެ، އަޅުގަނޑުމެންގެ އަޒުމް އަލުން އާ ވެއްޖެ" ޑރ. ޝަހީމް ވިދާޅުވިއެވެ.އަދި މި ދަތުރުފުޅުގައި ހުވަދު އަތޮޅު އުތުރުބުރީގެ ގިނަ އަދަދެއްގެ ކަނބަލުންނާއި ޒުވާނުންނާއި އިސްރަށްވެހިންގެ ފަރާތުން ރައީސް ޔާމީން ހޮވުމަށްޓަކައި ގިނަ މަސައްކަތްތައް ކުރައްވާ މަންޒަރު ފެނިގެން ދިޔަކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.ޑރ. ޝަހީމްގެ އުފަން އަތޮޅަށް ކުރެއްވި މި ދަތުރުފުޅަކީ ރަނިންމޭޓަކަށް ޢައްޔަންކުރުމަށްފަހު އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ގއ އަށް ފަހު ދެން އެމަނިކުފާނު ވަޑައިގަތުމަށް ހަމޖެހިފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަށެވެ. މިކަން ޑރ،. މުޙައްމަދު ޝަހީމް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ