އައްޑޫއިން ކަރަންޓް ކެނޑިއްޖެ

އައްޑޫއިން ކަރަންޓް ކެނޑިއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް "ވަގުތަށް" ވިދާޅުވީ، ކަރަންޓް ކަނޑައިގެން ގޮސްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށެވެ. އަދި ވަރަށް އަވަހަށް ކަރަންޓްގެ ޚިދުމަތް އަލުން ދޭން ފަށާނެ ކަމަށެވެ.
އައްޑޫގެ ކަރަންޓްގެ މައްސަލަ މި ރޯދަ މަހުގެ ތެރޭގައި ވެސް ދިމާވެފައިވާ ކަމަށާއި މިއަދު ކަރަންޓް ކަނޑައިގެން ދިޔައީވެސް އެގޮތުން ދިމާވި މައްސަތައް ހައްލު ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުންދާ ދުވަސްކޮޅަކަށް ވެފައި އައްޑޫ އަކީ އެ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާ އެއްތަނަށް ވީނަމަވެސް ކަރަންޓް ކަނޑައިގެން ދިއުމާއި ވިއްސާރަ އާއި ގުޅުމެއް ނެތް ކަން ސޯބެ ފާހަގަކުރެއްވިއެވެ.
އައްޑޫގައި ކަރަންޓްގެ މައްސަލަ ދިމާވެފައި ވާއިރު، އެ ސިޓީއަށް މިހާރު ރާއްޖެ އަށް ކުރާ ވިއްސާރައިގެ ސަބަބުން އެތައް ގެއްލުމެއް ލިބުނެވެ.
އެގޮތުން އައްޑު އަށް މިދިޔަ ބުދަ ދުވަހުގެރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީގެ އެތައް ސަތޭކަ ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ