ޓެކްނިކަލް މަސައްކަތެއް ކުރުމަށް މިއަދު ހަވީރު 16:00 އިން 17:00 އަށް މުޅި ރަށުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ މީދޫ ބުރާންޗުން ބުނެފިއެވެ. 
 
 
ފެނަކައިން ވަނީ އިއްޔެވެސް މެންދުރު 14:00 އިން ހަވީރު 17:30 އާއި ހަމައަށް މުޅި ރަށުން ކަރަންޓު ކަނޑާލާފައެވެ. ފެނަކައިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މީދޫއަށް އަލަށް ގެނައި ޖަނަރޭޓަރުގެ ޓެކްނިކަލް މަަސައްތެކެވެ. 
 
ކަރަންޓު ކަނޑާލެވޭ ވަގުތުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށްޓަކައި ފެނަކައިން މަޢާފަށް އެދެއެވެ.
    
    ޓެކްނިކަލް މަސައްކަތެއް ކުރުމަށް މިއަދު ހަވީރު 16:00 އިން 17:00 އަށް މުޅި ރަށުން ކަރަންޓު ކަނޑާލަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ