ނޮޅިވަރަން ގެއަކުންނާއި އެރަށު ސްކޫލުން ވަގަށް ނަގާފައިވާ ތަކެތި ހޯދާ ދެ މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަން ގެއަކުންނާއި އެރަށު ސްކޫލުގައި އިމާރާތްކުރަމުންދާ ކުލާސް ރޫމަކުން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކަކާއި ވަޑާން ކުރާ ސާމާނުތަކެއް ހޯދައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދެ މީހުންކީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިނެއްކަމަށާއި މި ދެމީހުންގެ ތެރެއިން 27 އަހަރުގެ މީހާ މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 09:50 ހާއިރު ހައްޔަރުކޮށްފައިވާއިރު 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެ ދުވަހުގެ މެންދުރު 12:50 ހާއިރު ކަމަށް ފުލުހުން ބުޏްނެވެ.
ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކާއި ވަޑާންކުރާ ސާމާނުތައް ހޯދާފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ދިރިއުޅެމުންދާ ގެއިންނާއި އެކި ފަރާތްތަކަށް ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން ބުޏްނެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ.
މި މައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ