ޖޭޕީއަށް ނާކާމިޔާބުވީ ރައީސް ޔާމީން އަތުގައި ހިފުމުން: ޢަލީ ވަހީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތުގައި ހިފުމުންކަމަށް އެޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިހާރު ސާފުވެފައިވާ ނަތީޖާއިން ދައްކާގޮތުން ޖޭޕީއަށް ކާމިޔާބު ކުރެވިފައިވަނީ މަޖިލީހުގެ އެންމެ ހަތް ގޮނޑިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ރައީސް ޔާމީނާއި އެކު ނުކުތްއިރު ޖުމްހޫރީ ޕާޓީން އެކަނިވެސް 40 އަށް ވުރެ ގިނަ ދާއިރާއަށް ކުރިމަތި ލިއެވެ.
މީގެ އިތުރުން ޖޭޕީ ހިމެނޭ އިދިކޮޅި ޕީޕީއެމް ޕީއެންސީ ކޯލިޝަނުންމަޖިލީހުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއަކަށް ވާދަކުރި އެވެ. ނަމަވެސް އެ ކޯލިޝަނަށް މާބޮޑު ކާމިޔާބީއެއް ނުހޯދެއެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އެމްޑީޕީން 66 ގޮނޑި ކާމިޔާބު ކުރާނެކަމަށް މިހާރު ބެލެވެއެވެ.
މަޖިލިސް އިންތިހާބުގެ ތެރޭގައިވެސް ޖޭޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި މިހާރުގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޖޭޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކު ނިކުތުމުން ކަމުގައެވެ.JP ah libunu bodu naakaamiyaabee akee rayyithun 23 Septemberga boduthanun noonekey buni Raees Yameenah bai athu hifumun libunu naakaamiyaabeh. Kandufeyrey meehun JP hisoar kurumun JPge candidatunnah gellunve JP salaamatheh nuvi. Ehenas rayyithun qaum salaamaiy kohdheefi. Ibratheh— Ali Waheed (@ali20waheed) April 6, 2019މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ކަނޑުފޭރޭ މީހުން ޖޭޕީގެ ތެރެއަށް ވަދެ އެޕާޓީ ހިސާރު ކުރުމުން ޖޭޕީގެ މެމްބަރުންނަށް ގެއްލުންވެ އެޕާޓީ ސަލާމަތް ނުވި ކަމުގައެވެ. ނަމަވެސް ރައްޔިތުން ޤައުމު ސަލާމަތްކޮށްދީފިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ