މަގުމަތިން ފެނުނު ފައިސާ ތަކެއްގެ ވެރިފަރާތެއް ހޯދަނީ

މަގު މަތިން ފެނުނު ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ، މި ފައިސާތަކަކީ މިމަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު ޕޮލިސް ޓޯޔަރޑް ކައިރިން މީހަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.
ފުލުހުން ބުނީ، މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދޭ ކަމަށެވެ.
ފުލުހުން ބުނީ، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ ކުރިން ވެސް މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލްކުރާ މީހުގެ ފައިސާ، އޭނގެ ވެރިފަރާތާ ފުލުހުންގެ އިދާރައިން ހާވާލް ކޮށްފައިވާކަން ފާހަގަ ކޮސްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ