ގާސިމްއާއި ފާރިސްްގެ މަސައްކަތަށް އުމަރު ނަސީރު ސާބަސް ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޕީޕީއެމްގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ހިތްވަރާއި، ކުރައްވަމުން ގެންދަވާ މަސައްކަތަށްކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސާބަސް ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވީ ގާސިމް އިބްރާހިމާއި، ފާރިސް މައުމޫން އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބުކުރުމަށް މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންގެ ހިތްވަރަށް ސާބަސްދޭކަމަށެވެ. އަދި މަސީހަށް ނޫނެކޭ ބުނުމަށް މަޖިލީހުގެ ހުރިހާ މެންބަރުނަށް އުމަރު ނަސީރު ވަނީ ގޮވާލައްވާފައެވެ.
މަސީހު މަގާމުން ވަކިކުރެވޭނެކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ މަސީހު މަގާމުން ދުރުނުކުރެވޭނެކަމަށް ވިދާޅުވަމުންނެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓުލުމަށް ބާއްވާ ޖަލްސާ އޮތީ މާދަމައަށް ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ