ފުރަބަންދުގެ ތެރޭގައި ދިއްދޫގައި ކަސްރަތުކުރުމަށް ނުކުމެވޭ ގޮތް ހަމަޖައްސައިދީފި

ކޯވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދޫގައި ދަމަހައްޓާފައިވާ ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އެރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަސްރަތު ކުރުމަށް ބޭރަށް ނުކުންނަން އެދޭ މީހުންނަށް، ބޭރަށް ނުކުތުމުގެ މަގު ދިއްދޫ ކައުންސިލުން ފަހިކޮށްދީފިއެވެ.
އެކަމާއި ގުޅިގެން ދިއްދު ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއި އަދި އެ އަތޮޅުން އެ ބަލީގެ އިތުރު ކޭސްތައް ފެންނަމުން ދާތީ، އެބަލި އިތުރަށް
ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން، 1 މޭ 2020 (ހުކުރު) ދުވަހުގެ ހަވީރު 6:00 އިން ފެށިގެން 15
މޭ 2010 (ހުކުރު) ދުވަހުގެ ނިޔަލަށް، ދިއްދޫގެ ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފައިވާތީ, އެ މުއްދަތުގެ
ތެރޭގައި އެރަށުގެ ބައެއް ރައްޔިތުން ކަސްރަތުކުރުމަށް ގެއިން ބޭރަށް ނުކުތުމަށް އެދެމުންދާތީ ކޮންމެ ރެއެއްގެ
8:30 އިން 10:00 އަށް ކަސްރަތުކުރުމަށް ގެއިން ބޭރަށް ނުކުމެވޭގޮތަށް އެ ކައުންސިލުން ހަމަޖައްސައި ދީފައިވާ ކަމަށެވެ.
މިގޮތުން ދިއްދޫ ކައުންސިލުން ފަހިކޮށްދިން މި ފުރުޞަތުގެ ތެރެއިން ކަސްރަތުކުރުމަށް ބޭރަށް ނިކުންނަ މީހުން ކަސްރަތުކުރުމަށް ނިކުންނަވާނީ ފައިމަގުގައި ކަމަށާއި، ކަސްރަތު ކުރުމަށް ނުކުންނަ އެއްވެސް މީހަކު އެއްވެސް ބާވަތެއްގެ އިންޖީނުލީ ވެހިކަލެއް ދުއްވުމަކީ މަނާކަމެއް ކަމަށް ދިއްދޫ ކައުންސިލުން ވަނީ ބުނެފައެވެ.
ކަސްރަތު ކުރުމަށް ނިންކުންނަ ހުރިހާ މީހުންވެސް ނިކުންނަން ޖެހޭނީ ކަސްރަތުކުރެވޭ ފަދަ ގޮތަކަށް ކަސްރަތުގައި ބޭނުން ކުރާ ޓެނިސް ބޫޓް ފަދަ ތަކެތީގައި ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ދިއްދޫ ކައުންސިލުން ބުނީ ކަސްރަތު ކުރުވުމުގައިވެސް ޞިއްހީ އޮފިޝަލުން ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުން އެދޭކަމަށެވެ.
ހުސްވި އޭޕްރިލްމަހުގެ 25 ވަނަ ދުވަހު އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައުމަށް ފަހު، މި މޭ މަހުގެ 2 ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންގ ހާލަތުން ނަގައިފައެވެ.
އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު ދިއްދޫ ކައުންސިލުން ވަނީ ދަމަހައްޓާފައިއެވެ.
ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ލަފާގެ މަތީން އެރަށު ކައުންސިލުން އެ ރަށުގެ ފުރަބަންދުގެ މުއްދަތު ވަނީ 1 މެއި 2020 ގެ ހަވީރު 6:00 އިން ފެށިގެން 15 މެއި 2020 ގެ ނިޔަލަށް އިތުރު ކޮށްފައެވެ. މިއަކީ އެރަށުގެ ފުރަބަންދުގެ މުއްދަތު އިތުރު ކުރި ތިންވަނަ ފަހަރެވެ.
ހއ. އަތޮޅުން 2 ރަށަކުން 4 މީހެއް ވަނީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިގޮތުން ޕޮޒިޓިވް ވެފައި ވަނީ އެއަތޮޅު އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި އުލިގަމު މީހަކާއި، އެ ބޯޓުން ދަތުރު ކުރި ތަކަންދޫ ތިން މީހެކެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 618 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިބަލި ޖެހުނު ދެ މީހަކު ރާއްޖޭން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ