ޣައްޒާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓެލެތޯން އަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި އެ ދާއިރާގެ ހުރިހާ ކައުންސިލަރުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކުރުމަށް ނިންމައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މިރޭ "ސަން"އަށް ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން މީގެ ކުރިން ވެސް ޣައްޒާ ރައްޔިތުންނަށް އެހީތެރިވެދީފައިވާނެ ކަމަށާއި މިފަހަރު އެހީވާން ނިންމީ ގިނަ އަދަދެއްގެ މީޑިއާތަކެއް އިސްނަގައިގެން އެފަދަ ކަމެއް ކުރާތީ ކަމަށެވެ.
"މިކަމުގައި އަޅުގަނޑާއެކު އަޅުގަނޑުގެ ދާއިރާގެ ހުރިހާ ކައުންސިލަރުންނެއް ބައިވެރިވާނެ. އަޅުގަނޑަށް އެނގެނީ މެމްބަރުންގެ ތެރެއިން އަޅުގަނޑު އެހީވާކަން. އެހެންބޭފުޅުންގެ ގޮތެއް އަދި ނޭންގެ،" އާމިރު ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ 2:30 އިން ހޮނިހިރު ދުވަހުގެ ރޭ 12:00 އަށް ކުރިއަށް ގެންދާ ޓެލެތޯންގެ ކައުންޓްޑައުން މިއަދު ވަނީ ފަށާފަ އެވެ.
ހެލްޕް ގާޒާ މޯލްޑިވްސް އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކިއެކި ސަރަހައްދުތަކާއި ރަށްރަށުގައި 'ހެލްޕް ގާޒާ ޓެލެތޯން'ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމުގައި އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ބުނެފައިވެ އެވެ.
'ހެލްޕް ގާޒާ ޓެލެތޯން' ހިނގަމުންދާއިރު އެކިއެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކަށާއި އެސްއެމްއެސް މެދުވެރިކޮށާއި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެ ފަންޑުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރާއި ކައުންސިލަރުންގެ އެއް ދުވަހުގެ މުސާރަ ގާޒާއަށް ހަދިޔާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ