ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ)ގެ މަގާމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ ދެ ނަންފުޅުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިނަށް ވޯޓު ދޭން ޕީޕީއެމުން ނިންމީ "ޕަޕެޓެއް" އިހްތިޔާރު ކުރުމުގެ ގޮތުން ކަމަށް އޭނާއާ ވާދަކުރައްވާ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ސްޓޭޓަސް އެއްގަ އެވެ.
މައުމޫން ހަމީދުގެ ސްޓޭޓަސްގައި ވިދާޅުވެފައިވާ ގޮތުގައި ޕީޖީގެ މަގާމަށް އޭނާ ނުގެންނަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ "އޭނާ އަހަރުމެން ބުނާހާ ގޮތެއް ނަހަދާނެތީ" އެވެ. (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_IN/all.js#xfbml=1"; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk'));Post by Uz. Maumoon Hameed.
"އަޅުގަނޑުގެ ބަދަލުގައި ޕީޕީއެމުން ޕަޕެޓެއް އިހްތިޔާރު ކުރީ، އަޅުގަނޑަކީ އެ މީހުން ބުނާހާ ގޮތެއް ހެދުމުގެ ބަދަލުގައި އެއްވެސް ޖެހިލުމެއް ނެތި އިންސާފުވެރިކަމާއެކު ގާނޫނު ނަގަހައްޓާނެ މީހަކަށް ވާތީ،" މައުމޫން ހަމީދުގެ ވިދާޅުވެފައިވެ އެވެ.
ކޮން މީހަކު ހޮއްވެވުމަށް ނިންމެވި ނަމަވެސް އެ ނިންމުމަށް ފުރިހަމައަށް އިހުތިރާމް ކުރައްވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.
އިއްޔެ ބޭއްވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި 38 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ އަގުލަބިއްޔަތު ލިބުނީ މުހުތާޒު މުހުސިން ޕީޖީގެ މަގާމަށް އައްޔަން ކުރަން ތުރީލައިން ވިޕެއް ނެރުމަށެވެ. އެމްޑީޕީން ނިންމާފައި ވަނީ މައުމޫން ހަމީދަށް ވޯޓު ނުދިނުމަށާއި މުހުތާޒަށް ވޯޓު ދިނުން އިހްތިޔާރީ ކަމަކަށް ދޫކޮށްލުމަށެވެ.
މައުމޫން ހަމީދާއި މުހުތާޒު މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރައްވައި އިންޓަވިއު ކުރެއްވުމަށް ފަހު މާކްސް ދިން އިރު ފާސްވާ މިންވަރަށް އެ ދެ ބޭފުޅުންނަށް ވެސް މާކްސް ލިބިވަޑައިގެންފައެއް ނުވެ އެވެ. މުހުތާޒަަށް ލިބިވަޑައިގެންނެވީ 67 ޕަސެންޓް މާކްސް އެވެ. މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 33 ޕަސެންޓް މާކްސް އެވެ. ފާސްވުމަށްޓަކައި މަދުވެގެން 75 ޕަސެންޓް މާކްސް ލިބިވަޑައިގަންނަވަންޖެހެ އެވެ.
ޕަޕެޓެއް އިހްތިޔާރު ކުރީ ބުނާހާ ގޮތެއް އަހަރެން ނުހަދާނެތީ: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ