ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ނެތް ކަމަށް ބެލެވޭ ތަންތަނުން ވެސް ޕޮޒިޓިވް ކޭސްތައް ފެނޭ: އަމީން

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނެތް ކަމަށް ބެލެވޭ ތަންތަނުން ވެސް މި ބައްޔަށް މީހުން ޕޮޒިޓިވްވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގުޅިގެން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ މި ބަލި ފެތުރިފައިވާ ކަމަށް ނުބެލެވޭ ތަންތަނުންނާއި ސަރަހައްދުތަކުން ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ކަމަށެވެ.
މުޖްތަމައުގައި މި ބަލި ފެތުރިފައި ވަނީ ކިހާ މިންވަރަކަށް ކަން ބެލުމަށްޓަކައި ކޮމިއުނިޓީ ސާވައިލަންސް ހަދަމުން އަންނަ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެއީ ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓުކުރާ މީހުންނާއި ޕޮޒިޓިވް ކޭސްއަކާ ގުޅުން ހުރި ކޭސްއެއް ނެތް ތަންތަނުގައި ވެސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރުން ކަމަށް އަމީން ވިދާޅުވި އެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑެއްގެ ދަށުން އަތޮޅު ތެރެއިން އާއި މާލޭގެ އެކި ތަންތަނުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Covid-19: Rahrashun thankolheh harukashikoh eba amalu kurey: Maimoona
Mihaaru
"މި ދެ ދުވަހު އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު، ކުރިން ބަލީގެ އަލާމާތްތައް ހުރިކަން ރިޕޯޓުކުރެވިފައި ނުވާ އަދި ބަލި ހުރި ކަމަށް ބެލެވިފައި ނުވާ ތަންތަނުން، އަޅުގަނޑުމެންނަށް ޕޮޒިޓިވް ކޭސްތައް ފެނިފައި އެބަހުރި. ޕޮޒިޓިވް ކޭސްތަކަށް ފަހު އަލާމާތްތަކެއް ވެސް ފެނިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ރަށްރަށުން ވެސް މި ބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އަމަލުކުރާނެ އުސޫލު މިހާރު ވެސް އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް އެކަންތައް މިހާރަށް ވުރެ ވެސް ރަނގަޅުކުރެވޭނެ ގޮތްތައް ބަލަން ސިއްހީ ތަޖުރިބާކާރުން އަންނަނީ މަޝްވަރާކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި ކަރަންޓީން ކުރުމުގެ އުސޫލާއި އެހެނިހެން ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ގައިދުރުކޮށް އެކަހެރިވުމަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. މި ބަލި މާލެ ތެރެއިން ފެނުމުގެ ކުރިން ވެސް އެކަހެރިވުމަށް ސަރުކާރުން އިރުޝާދު ދެމުން އައި ނަމަވެސް މަދު މީހަކު މިކަންކަމަށް ސަމާލުކަން ނުދިނުމުން ގިނަ ބަޔަކަށް ގެއްލުންވި ކަމަށް ވިދާޅުވި އެވެ. އަދި މާލެ އިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން ވެސް އަމިއްލަ އަށް އިސްނަގައިގެން އެކަހެރިވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
Lockdown 4 dhuvahun uvaaleveyne kamakah gabooleh nukurevey: Minister Ameen
Mihaaru
މި މަހުގެ ނިޔަލަށް މާލެ ސަރަހައްދު ކަރަންޓީންކޮށްފައިވީ ނަމަވެސް ލޮކްޑައުން އުވާލެވޭނީ ކޮންއިރަކުން ކަން ބުނަން ދަތިކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާ ގުޅުން ހުރި އެއްވެސް މީހަކު ނެތް ކްލަސްޓާތައް އަދިވެސް ފެންނަމުން ދާތީ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް 137 އަށް އަރާފައިވާއިރު، މާލެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 100 އަށް ވުރެ މަތީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ