ވޯޓަށް ދާއިރު ރައްޔިތުންނަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ގާސިމް: ޑރ. ސައުދު

ރިޔާސީ ބޯމަތިވެފައިވާއިރު ރައްޔިތުންނަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ދައުލަތުގެ އެންމެ އިސް މަގާމާއި ހަވާލުނުވެ ރައްޔިތުންނަށް ތަރައްގީ ކަށަވަރުކޮށްދީ، ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރަކު އިންތިޚާބުގައި ވާދަކުރެއްވުން ކަމަށް ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެ އެވެ.
ވީމީޑިއާގެ ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ސައުދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލާން ނުކުންނަނީ ވަރަށް ފޮނި އުންމީދެއްގައި ކަމަށާއި އެ އުންމީދު އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ކުރާ މިންވަރު އިތުރު ކަމަށެވެ. އަދި ވިދާޅުވީ އާއިލީ ވެރިކަމަކަށް ދެން ދުވަހަކު ވެސް ދިވެހިން ފުރުސަތު ނުދޭނެ ކަމަށާއި އާއިލީ ވެރިކަމުން ދުރުގައި ވެރިކަން ހިންގޭނެ ލީޑަރަކީ ގާސިމް އެކަނި ކަމަށެވެ.
" ބައްލަވާ އިނގޭތޯ! މިހާރު ތިއްބެވި ކެނޑިޑޭޓުން؟ ކާކުތޯ އާއިލީ ވެރިކަމަކުން ދުރުގައި ވެރިކުރާނީ؟ ރައްޔިތުން ނޭދޭނެ އާއިލާ ވެރިކަމަށްކަށް ދެން މި ގައުމުން ފުރުސަތުދޭން." ސައުދު ވިދާޅުވި އެވެ.
މީގެ އިތުުރުން ސައުދު ވިދާޅުވީ ގާސިމަށް ރާއްޖޭގެ ރައީސްކަން ދޭންޖެހެނީ ސަބަބުތަކެއް ނެތި ނޫން ކަމަށާއި ނަމަވެސް އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑެޓުންނަށް ވެރިކަން ހަވާލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ގާސިމްގެ މެނިފެސްޓޯއަށާއި ރަނިން މޭޓަށާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި އޮތް ޓީމަށް ބަލައިލިނަމަވެސް ފެންނަނީ ރައްޔިތުން ވޯޓްލާނެ ސަބަބުތައް ކަމަށެވެ. ގާސިމްގެ ރަނިންމޭޓަކީ ދަރަނިވެރިކަމާއި، ރުޅިވެރިކަމާއެކު ދިގު މުއްދަތަށް މީހުން ޖަލަށްލުމާއި، އިސްލާމްދީނާއި ބީރައްޓެހި އުސޫލްތަކުން ދުރުގައި ހުންނެވި ސާފު ބޭފުޅެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
"ޑރ. ހަސަންގެ އިތުރުން ދެން ތިއްބެވި ކެނޑިޑޭޓުންގެ ރަނިން މޭޓުން ފެންނަނީ ރުޅިވެރިކަމާއެކު އަބަދުވެސް ކޮންމެވެސް މީހަކު ދިގު މުއްދަތަކަށް ޖަލަށް ނުލެވިގެން އުޅޭ މަންޒަރު. ނުވަތަ ދަރަނިވެރިކަމުން ސަލާމަތްނުވެވި އުޅެނިކޮށް. ދެން ހުރީ އިސްލާމްދީނާ ބީރައްޓެހި ބޭފުޅެއް. މިއީ ޖުމްހޫރީ ގުޅުމަށް ރައްޔިތުން ތާޢީދުކުރާ ސަބަބަކީ." ސައުދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ