މާޒީން އިބުރަތް ހާސިލުކޮށް ކަންކަން އިސްލާހު ކުރުމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ގޮވާލައްވައިފިއެވެ.
ޕީޕިއެމްގެ ލީޑަރު ރައީސް މައުމޫނު މިގޮތަށް ވިދާޅުވެފައިވަނީ އެޕާޓީއަށް ތާއިދު ހޯދުމުގެ ގޮތުން ރޭ ޅ.ނައިފަރުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް މައުމޫނުގެ ވާހަކަފުޅުގައި ޕީޕީއެމްއަކީ އެއްވެސް އެހެން ޕާޓީއަކާއި ރުޅިވެރިކަމާއި ހަސަދަވެރިކަން ބާއްވާނެ ޕާޓީއެއް ނޫން ކަމަށާއި ޕީޕީއެމްއަކީ އަބަދުވެސް ގައުމުގ މަސްލަހަތު އިސްކޮސް ރައްޔިތުންގެ ހެވާއި ލާބައަށްޓަކާ މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި ވޭތުވެ ދިޔަ ތިން އަހަރާއި އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވެ ދިޔަ 30 އަހަރު ކުރެވިފައިވާ ނުރަނގަޅު ކަންތައްތައް ހޯދާ އެކަންތައްތައް އިސްލާހު ކުރަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.
ޕީޕިއެމަށް ތާއިދު ހޯދުމުގެ ގޮތުން ރައީސް މައުމޫނުގެ އިތުރުން ވެސް ޕީޕީއެމްގެ އެހެނިހެން އިސްވެރިން ވެސް ރޭ ނައިފަރުގައި އޮތް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޕީޕީއެމްގެ ބޭފުޅުން ނައިފަރަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް އެރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެޕާޓިން މައުލޫމާތުދެއެވެ.
މާޒީން އިބުރަތް ލިބިގަނެ ކަންކަން އިސްލާހު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ