“ދުވާފަރު ޓީން ކަޕް 2018” މިއަދުގެ މެޗު ބޮޑު ތަފާތަކުން ޓީއާރު ބީޗް ކާމިޔާބުކޮށްފި

ދުވާފަރުގައި މިހާރު ކުރިއަށްދާ “ދުވާފަރު ޓީން ކަޕް 2018” ގައި މިއަދު ހަވީރު ޓީއާރު ބީޗް އަދި ސީބީއެސް އޭ ޓީމު ބައްދަލުކުރި މެޗު 7 – 3 ލަނޑުން ބީޗް ޓީމުން ކާމިޔާބު ކޮށްފިއެވެ.
ޓީ އާރު ބީޗް ގެ ލަނޑު ތައް ކާމިޔާބު ކޮށްފައިވަނީ އަލީ ނަޒްމީ 5 ގޯލު މައިޝަމް އަދި މިއުވާން ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ. ސީބީއެސް އޭ ގެ ލަނޑު ތައް ކާމިޔާބު ކޮށްދިނީ ހޫދު މުޒާހު އަދި މިފްޒާލް ކޮންމެ ކުޅުންތެރިއަކު އެއް ގޯލެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީ އާރު ބީޗް ޓީމަށް 5 ގޯލް ކާމިޔާބު ކޮށްދިން އަލީ ނަޒްމީއެވެ.
މިމުބާރާތަކީ ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިކްސް އަ ސައިޑް މުބާރާތެކެވެ.
ދުވާފަރު ސްކޫލްތަކާއި ޕޮލިސް ސްޓޭޝަން އާއި ދުވާފަރު ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރު އަދި މެޖިސްޓްރޭޓް މުހައްމަދު ސޯދިޤް ގުޅިގެން ކުރިއަށްގެންދާ މިމުބާރާތް މިމަހުގެ 29 އަށް ކުރިއަށްދާނެއެވެ.
މިމުބާރާތުގައި މާދަމާ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ސީބީއެސް ބީ އާއީ ޓީއާރު ބީޗް އެވެ.
00 ޓެގްރ.ދުވާފަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ