ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ކުރިން ހުންނެވި ގާސިމް އިބްރާހިމްއަށް ކޮށްފައިވާ ޖަލުހުކުމް މިއަދު ހައިކޯޓުން ބާތިލްކުރުމާއިއެކު، އެޕާޓީގެ ލީޑަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ޖޭޕީގެ ކައުންސިލުން މިރޭ ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމަށް މިރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުން ނިންމީ އެޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށެވެ.
މި އަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުނު އިރު ގާސިމް ހުންނެވީ ޖަލުހުކުމެއްގައި ޖަރުމަނު ވިލާތުގައެވެ. އެހެން ކަމުން ކޮންގްރެސްއިން ނިންމާފައިވަނީ ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ފަސްކުރުމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި މިވަގުތު ބޭފުޅަކު ނެތުމުން އެޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ ހުސައިން ރަޝީދު ހަސަންއާއެވެ.
ގާސިމް މިނިވަންވުމާއިއެކު ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ