މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ އާއި ހުސައިން އަފީފުގެ ބޭބެ ޗަމްޕާ އަހުމަދު މޫސާ (ބޮޑު ދޮން) އަވަހާރަވެއްޖެ އެވެ.
އުމުރުން 72 އަހަރުގައި ބޮޑުދޮން އަވަހާރަވީ ރޭ ފަތިހު ގާތްގަނޑަކަށް 4:15 އެހާކަންހާއިރު އަމިއްލަފުޅުގެ، މއ. ޗަމްޕާމާގޭގަ އެވެ.
ބޮޑުދޮން އަކީ ފުޓުބޯޅައިގައި ކުރީގެ ޝަހުސިއްޔަތެއްގެ އިތުރުން ކުރީގެ ފުޓްބޯޅަ ކްލަބް، ލެގޫންސް ހިންގުމުގަ އާއި ހަރަދު ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ދިވެހި ފުޓްބޯޅައިގައި އޭރު ވަރަށް މަޝްހޫރު ބޭފުޅެކެވެ. ބޮޑު ދޮން އަހަވާރަވީ މީގެ ހައެއްކަ މަސް ކުރިން ފެށިގެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.
އޭނާ އަވަހާރަވިއިރު ދުނިޔޭގައި ދެ ބޭފުޅުން އެބަތިއްބެވި އެވެ. ބޮޑުދޮންގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދު ވަގުތު ޖަލާލުއްދީނު މިސްކިތުގަ އެވެ. މިވަގުތު އޭނާގެ މޫނު ދެއްކުން އާސަހަރާގައި ކުރިޔަށް އެބަދެ އެވެ. ޖަލާލުއްދީނު މިސްކިތަކީ އެ އާއިލާއިން ބިނާ ކުރި މިސްކިތެކެވެ.
އޭނާގެ މޫނު ދުށުމަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު އާސަހަރާއަށް ޒިޔާރަތް ކުރި އެވެ.
ޗަމްޕާ އަހުމަދު މޫސާ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ