އަބްދުﷲ ރިޔާޒުގެ މަންމަ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒުގެ މަންމާފުޅު އަވަހާރަވެއްޖެ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ރިޔާޒުގެ މަންމަ ރުގިއްޔާ އާދަމް އަވަހާރަވީ އައިޖީއެމްއެޗްގައި މިރޭ 10:30 އެހާކަންހާއިރު އެވެ.
ތ. ތިމަރަފުއްޓަށް ނިސްބަތްވާ ރުގިއްޔާ އަވަހާރަވީ މުސްކުޅި ބަލީގައި އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު އުމުރުން 84 އަހަރުގަ އެވެ.
ރުގިއްޔާ ނިޔާވިއިރު ހަތަރު އަންހެން ބޭކަނބަލުންނާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ