އަމީރު އަހުމަދު ސުކޫލު ތަރައްގީކޮށް ހިނގުމަށް އައިލެންޑާސް ގުރޫޕާއެކުވީ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކުން އެއްބަސްވެއްޖެއެވެ.
މިގޮތަށް އެއްބަސްވެފައިވަނީ ކަމާ ބެހޭ ފަރާތްތަކުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އެޑިއުކޭޗަން މިނިސްޓްރީން ބައިވެރިވެފައިވެއެވެ.
އަމީރު އަހުމަދު ތަރައްގީކޮށް 25 އަހަރު ދުވަހަށް ހިނގުމަށް އައިލެންޑަސް ގުރޫޕާއި ހަވާލުކޮށްފައިވަނީ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ސަރުކާރުންވަނީ އެބިމަކީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބިމެއް ނޫން ކަމަށް ބުނެފައެވެ. ސަރުކާރުންވަނީ އަމީރު އަހުމަދު ހުރި ބިން ހޯދަން ދައުވާކޮށްފައެވެ. އެދައުވާއާއި ގުޅިގެން އައިލެންޑާސް ގުރޫޕަށް ދީފައިވަނީ އަމީރު އަހުމަދު ހިނގުމުގެ ވަގުތީ ހުއްދައެކެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އައިލެންޑާސް ގުރޫޕުގެ ޗެއާމަން މަހުމާ އަބުދުއްރަޝީދު ވިދާޅުވީ ސިޓި ކައުންސިލާއި އެކުވީ އެއްބަސްވުން އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މިނިސްޓްރީތަކުން ވެސް ތާއިދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކޯޓުގައި އޮތް ބިމުގެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް މަޝްރޫއަށް ބަދަލެއް ނާންނާނެ ކަން އަނގާފައިވާ ކަމަށެވެ. އަދި އެކަމަށް އިއުތިރާޒު ނުކުރާނެ ކަމަށް ސިޓި ކައުންސިލުން ވެސް ބުނެފައިވާ ކަމަށެވެ.
އަމީރު އަހުމަދު އައިލެންޑަސްއަށް ދީފައިވަނީ ޕްރީ ސުކޫލުގެ ފީ 250 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ގޮތަށް އާ އިމާރާތުގައި ހިނގުމަށާއި ބާ އިމާރާތުގައި އައިލެންޑާސްއިން ބޭނުންވާ ގޮތަކަށް ތައުލީމީ ދާއިރާގެ މަސައްކަތްކޮށްގެން އާއްމުދަނީ ހޯދުމަށެވެ.
އެއްބަސްވުން ކުރިއަށް ގެންދިއުމަށް ނިންމި އިރު، ވަގުތީ ހުއްދައިގެން މުއްދަތު އިތުރުކޮށް ނުދީފިނަމަ މިއަދުގެ ނިޔަލަށް އަމީރު އަހުމަދު ހިނގުމަށް އެއްވެސް ހަރަދެއް ނުކުރުމަށް އެގުރޫޕުންވަނީ ނިންމާފައެވެ.
އަމީރު އަހުމަދު އެއްބަސްވުން ކުރިއަށް ގެންދިއުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ