ކަރަންޓް ބިލުގައި ފިއުލް ސާ ޗާޖުގެ ހިމެނުން ވަގުތުން ހުއްޓައިލަން ގައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި

ފިއުލް ސާޗާޖުގެ ނަމުގައި ސްޓެލްކޯއިން ކަރަންޓު ބިލުގައި ހިމަނައި ނަގަމުން ގެންދާ ޓެކުހަކީ ރައްޔިތުން އަތުން ގާނޫނާ ހިލާފަށް ނަގާ ޓެކްހެއެއް ކަމަށާއި އެޓެކްސް ނެގުން ވަގުތުން ހުއްޓާލުމަށް ގައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
ގައުމީ ޕާޓީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތެލަކީ ޖީއެސްޓީ ދައްކަން ނުޖެހޭ ބާވަތަކަށްވެފައި، އެސްޓީއޯއިން ސްޓެލްކޯއަށް ތެޔޮ ވިއްކަމުން ގެންދަނީ ދެ ޕަސެންޓް އަގުހެޔޮކޮށް ކަމަށްވާއިރު، އެއްވެސް ޓެކްސްއެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންކަން ގާނޫނީގޮތުން ސާފުކޮށް އެގެން އޮތް ކަމަށެވެ. ނަމަވެސް ފިއުލް ސާ ޗާޖުގެ ނަމުގައި ސްޓެލްކޯ އިން ނަގަމުންދާ ޓެކުހަކީ ރައްޔިތުން އަތުން ގާނޫނާއި ހިލާފަށް ނަގާ ޓެކްހެއެއް ކަމަށް ބެލެވޭ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
" ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ދޯދިޔާވެ ބޮއްސުން ލުމުގެ ސަބަބަނުން ރައްޔިތުންނަށް ލިބޭ އާމްދަނީގެ ނިސްބަތް ދުވަހުން ދުވަހަށް ދަށަށް ދިއުމުން ރާއްޖޭގެ ކުދި ބޮޑު އެންމެން ތަދުމަޑުކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ މިދަނޑިވަޅުގައި ތަފާތު ފީއާއި، ސާ ޗާޖަސް އާއި އަދި މިނޫނަސް އެކި ނަންނަމުގައި ރައްޔިތުންއަތުން ނަގަމުނަދާ ޓެކްސްތައް ވަކިން ހާއްސަކޮށް ފިއުލް ސާ ޗާޖުގެ ނަމުގައި ކަރަންޓު ބިލުގައި ހިމަނައިގެން ރައްޔިތުން އަތުން ނަގާ ފައިސާ ނެގުން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
ސަރުކާރުން ޑޮލަރުގެ އަގު މައްޗަށް ޖައްސައި ދިވެހި ރުފިޔާގެ އަގު ވައްޓާލުމުގު ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީން 20 ޕަސެންޓް އުނިވެފައިވާއިރު ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ޖީއެސްޓީ ނަގަން ފެށުމުން ދިރިއުޅުމުގެ ހަރަދުތައްތައް އިންތިހާއަށް އުފުލިފައިވާ ކަމަށް ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
އެއްމަހުން އަނެއްމަހަށް ރައްޔިތުން ކަރަންޓަށް ހޭދަކުރަންޖެހޭ މިންވަރު އިންތިހާއަށް އިތުރުވެ، އަތް ނުފޯރާފަށަށް އުފުލިގެންދާ ދިއުމަކީ ސަރުކާރުން ގަސްދުގައި ރައްޔިތުން ނިކަމެތި ކުރުމަށް ކުރިޔަށް ނެރެފައިވާ ސިޔާސަތެއްގެ ނަތީޖާ ކަމަށާއި ކަރަންޓަކީ ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތަކާ ގުޅިފައިވާ މުހިންމު ހިދުމަތަކަށްވާއިރު، ކަރަންޓް އަގު އުފުލެމުން ދިރިއުޅުމުގެ ޖުމްލަ ހަރަދު އެތައް ގުނައެއް މައްޗަށް ގޮސް، ލިބޭ މުސާރައިގެ ބޮޑު އިންސައްތައެއް ކަރަންޓް ބިލަށް ހޭދަކުރަންޖެހުމަކީ ރައްޔިތުންގެ ހާލު އިތުރަށް ނިކަމެތިވަމުންދާނެ ކަމެއް ކަމަށް ދެކޭ ކަމަށްވެސް ގައުމީ ޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ