އެމްއެންޑީއެފްގެ ޔުނިޓްތަކަށް އަމާޒުކޮށްގެން "ހެސަ ވާދަ – 2018" ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މުބާރާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިފައިންގެއަކީ ހުރިހާ ފަންނެއްގައިވެސް އެންމެ ކުރިއަރާފައިވާ ޤާބިލް މީހުން ތިބި މުއައްސަސާކަން ފާހަގަކުރެއްވިއެވެ. ސިފައިން އިސްނަގައިގެން ފެށި ހެސަ ވާދަ – 2018 މުބާރާތަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ކޮށް އުޅުނު މަސައްކަތްތައް ދިރުވާ އާލާ ކުރުމާއި ހުނަރު އިތުރުކުރެވިގެންދާނެ މުބާރާތެއްކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން މިފަދަ މުބާރާތެއް ވުޖޫދަށް ގެނައުމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ކުރެއްވި މަސައްކަތްޕުޅަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހެސަ ވާދަ- 2018 ފެށުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ބޭންޑް އެންޑް މިއުޒިކް ވިންގުގެ ފަރާތުން ވަނީ ޘަޤާފީ އައިޓަމެއް ހުށަހަޅައިދީފައެވެ.މިމަހު 22 ން 28 ގެ ނިޔަލަށް މާލެ ސިޓީ ދެކުނުފަރާތު އިންޑަސްޓްރިއަލް ޒޯނު ސަރަޙައްދުގައި ކުރިއަށް ގެންދާ މި މުބާރާތުގެ އިވެންޓްތައް އޮންނާނީ ކޮންމެ ރެއެއްގެ 20:00 ން 00:00 އަށެވެ. މި މުބާރާތުގެ އިވެންޓުތައް ބެލުމުގެ އިންތިޒާމް، އިވެންޓްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުކޮށް ވަނީ ހުޅުވާލާފައެވެ.މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ނިޝާން އަސްކަރީގެ ވެރިޔާ، މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އިސް ޚިދުމަތްތެރިންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސް ވެރިންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.މި މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓެއް ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމެއް ހޮވައި، ވަނަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފް
ހެސަ ވާދަ-2018
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
އެމްއެންޑީއެފްގެ "ހެސަ ވާދަ–2018" މުބާރާތް ފަށައިފި
9 މިނެޓް ކުރިން
ސައިޒް ދައްކާލަން އުޅުނު "ޖަޒީރާ ދުވުން" ޖަމަލު ފޮޑިއަށް!
28 މިނެޓް ކުރިން
ސިނަމާލެ ފްލެޓްތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ވިސްނުން ގެންގުޅެން- މުއިއްޒު
30 މިނެޓް ކުރިން
ފާޑު ކިޔުންތަކާ މިނިސްޓަރ ސައީދު ކުރިމަތިލެއްވީ ހިނިތުންވުމާއެކު
42 މިނެޓް ކުރިން
މެސީގެ މި ވާހަކަތައް އެނގޭތަ؟
56 މިނެޓް ކުރިން
ޞިއްޙަތު: އަނބުން އެތައް ފައިދާއެއް ލިބޭކަން އެނގޭތަ؟
1 ގަޑި ކުރިން
ފާޑު ކިޔުންތަކާ މިނިސްޓަރ ސައީދު ކުރިމަތިލެއްވީ ހިނިތުންވުމާއެކު
42 މިނެޓް ކުރިން
ސައިޒް ދައްކާލަން އުޅުނު "ޖަޒީރާ ދުވުން" ޖަމަލު ފޮޑިއަށް!
28 މިނެޓް ކުރިން
ޖުލައި 9 އަކަށް ހުރިހާ ތަނބުތައް ގުޅުވާ ނިންމާލެވޭނެ: މިނިސްޓަރ މުއިއްޒު
10 ގަޑި ކުރިން
ތާރީޚް ޕަރު ތާރީޚް! ކެންޑިޑޭޓް ކޮބާ؟
11 ގަޑި ކުރިން
ރައީސް ޔާމީން ކޮށްދެއްވި އެންމެ ބޮޑު މަސައްކަތަކީ ޤައުމުގެ ސިޔާދަތު ހިމާޔަތް ކުރެއްވުން- އިސްލާމިކް މިނިސްޓަރ
5 ގަޑި ކުރިން
މެސީގެ މި ވާހަކަތައް އެނގޭތަ؟
56 މިނެޓް ކުރިން
އެމްއެންޑީއެފްގެ "ހެސަ ވާދަ–2018" މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ