ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކަޑެމީއާއި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކަޑެމީ، އަދި ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކަޑެމީއިން ހިންގުމަށް ހަމަޖެހިފައިވާ ތިން ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާންމުކޮށް ހުޅުވައިލައިފިއެވެ.
މި ކޯސްތަކުގެ ތެރެއިން ފުރަތަމަ ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކަޑެމީ (ޔޫއެސްއެމްއޭ) އިން 4 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެވެ.
މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ، އުމުރުން 17 އަހަރު ފުރިފައިވާ އަދި 2015 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހުގެ ކުރިން 23 އަހަރު ފުރިފައިނުވާ މީހަކަށްވުމާއި، ޒަވާޖީ ޙަޔާތެއް ފަށާފައިވާ މީހަކަށްނުވުމާއި، ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުމާއި، އޭލެވެލް އިމްތިޙާނު ފުރިހަމަކޮށް ފާސްވެފައިވާ ފަރާތެއްކަމުގައިވުމާއި، އެފެންވަރު ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވާ މީހެއްކަމުގައިވުން ހިމެނެއެވެ. މީގެ އިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އަދި ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިން ލޭންގުއޭޖް (TOEFL) ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ. މި ދެޓެސްޓަކީ، ކޯހަށް އެޕްލައި ކުރުމަށްފަހު ކުރިއަށް ގެންދެވޭ ޓެސްޓްތަކެކެވެ.
މީގެތެރެއިން ދެވަނަ ކޯހާއި ތިންވަނަ ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކަޑެމީ (ޔޫއެސްސީޖީއޭ) އާއި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކަޑެމީ (ޔޫއެސްއެންއޭ) އިން 4 އަހަރުދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެވެ.
މި ދެކޯހަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 17 އަހަރު ފުރިފައިވާ އަދި 2015 ވަނަ އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ކުރިން 23 އަހަރު ފުރިފައިނުވާ މީހަކަށްވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައިވާ މީހަކަށްނުވުމާއި، ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުމާއި، ރަނގަޅަށް ފަތަން ދަންނަ މީހަކަށްވުމާއި، އޭލެވެލް އިމްތިޙާނު ފުރިހަމަކޮށް ފާސްވެފައިވާ ފަރާތެއްކަމުގައިވުމާއި، އެފެންވަރު ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވާ މީހެއްކަމުގައިވުން ހިމެނެއެވެ. މީގެ އިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އަދި ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިން ލޭންގުއޭޖް (TOEFL) ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ. މި ދެޓެސްޓަކީ، ކޯހަށް އެޕްލައި ކުރުމަށްފަހު ކުރިއަށް ގެންދެވޭ ޓެސްޓްތަކެކެވެ.
މިކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު ސީވީއާއި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެމްއެންޑީއެފް އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ އަށް 2014 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޑްރެސް ކުރައްވައި ހުށަހަޅަން ޖެހެއެވެ.
މިކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު 9923148، 7902029، ނަންބަރު ފޯނަށް ގުޅުމް ލިބޭއިރު މި ކޯސްތަކަށް ކުރިމަތިލުމަށް އެދޭ ފޯމް އެމްއެންޑީއެފް ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ.
އަސްކަރީ ދާއިރާގެ ތިން ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ