ބިލް ނުދައްކައިގެން ޓީވީއެމްއިން ކަރަންޓް ކަނޑާލަން ސްޓެލްކޯއިން ވަދެއްޖެ

ފަސް މަސް ދުވަހުގެ ކަރަންޓް ބިލަށް ޓެލެވިޒަން މޯލްޑިވްސް ޓީވީއެމުން ފައިސާ ނުދައްކައިގެން އެ ސްޓޭޝަނުން ކަރަންޓު ކަނޑައިލަން ސްޓެލްކޯގެ މުވައްޒަފުން އެ ސްޓޭޝަނަށް މިއަދު ވަދެއްޖެ އެވެ.
ގައުމީ ޓީވީން ކަރަންޓް ކަނޑައިލަން ސްޓެލްކޯއިން ނިންމުމާއި ގުޅިގެން ޓީވީއެމުން މިއަދު ކުރިއަށް ގެންދިޔަ ލައިވްކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން، (އެމްބީސީ) ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަފީޤު ވިދާޅުވީ ފަސް މަސް ދުވަހުގެ ކަރަންޓް ބިލަށް ޖުމްލަ 7.1 މިލިއަން ރުފިޔާ ޓީވީއެމުން ސްޓެލްކޯއަށް ދައްކަންޖެހިފައިވާ ކަމަށެވެ. އެ ފައިސާ ދައްކަން ޖެހޭއިރު އެމްބީސީގެ ބަޖެޓުގައި މިވަގުތު ހުރީ 1.5 މިލިއަން ރުފިޔާ ކަމަށްވެސް ޝަފީޤު ވިދާޅުވި އެވެ.
ޝަފީޤު ވިދާޅުވީ ކަރަންޓް ބިލްތަކަށް ފައިސާ ދައްކަންޖެހޭތީ އެ ބިލްތައް ފިނޭންސަށް ފޮނުވުމަށްފަހު ފައިސާ ދޫކުރުމަށް ފިނޭންސްގައި އެދުމުން ކުންފުނީގެ ބަޖެޓުގައި ހުރި ފައިސާއަކުން ކަރަންޓް ބިލްތައް ދެއްކުމަށް ފައިނޭންސް ކޮންޓްރޯލާ އަޙްމަދު މުޙައްމަދު އަންގަވާފައިވާ ކަމަށެވެ.
"ކުންފުނީގެ ބަޖެޓުގައި ހުރި ފައިސާއިން އެޚަރަދުތައް ކުރުމުން އަޅުގަނޑުމެން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިގެންދާނެ. އަޅުގަނޑުމެން މި ދަނީ މިކަން ހައްލުކުރަން، ކަރަންޓްކަޑާ ނުލާ ވޭތޯ ސްޓެލްކޯއާ ވާހަކަ ދައްކަމުން. އެބޭފުޅުން ވިދާޅުވަނީ ޖުމްލަ އަދަދުގެ 50 ޕަސެންޓް ދެއްކުމުންނޭ ހައްލުވާނީ،" ޝަފީގު ވިދާޅުވި އެވެ.
ޓީވީއެމުން ކަރަންޓް ކަނޑާލުމަށް ސްޓެލްކޯގެ މުވައްޒަފުން ޓީވީއެމްއަށް ދިޔުމުން އެސްޓޭޝަނުގެ ސެކިއުރިޓީން ވަނީ ގޭޓް ބަންދުކޮށް އެ މީހުން އެތެރެއަށް ވައްދަން ދެކޮޅު ހަދާފައެވެ. ނަމަވެސް ފަހުން ޓީވީއެމްގެ ބައެއް އިސްވެރިން ސްޓޭޝަނުން ބޭރަށް ނުކުމެ ވަޑައިގެން ސްޓެލްކޯގެ މުވައްޒަފުން އެސްޓޭޝަނަށް ވަނުމަށް ވަނީ ހުއްދަދެއްވާފަ އެވެ.
ސްޓެލްކޯއިން ބުނީ އެމްބީސީން އޮޕަރޭޓް ކުރާ، ޓީވީއެމްގެ ކަރަންޓް ބިލް ނުދައްކާތާ އެތައް ދުވަހެއް ވެފައިވާތީ އެ ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި ފައިސާ ނުލިބުމުން އޮންނަ އުސޫލުގެ މަތިން އެ ސްޓޭޝަނުން ވެސް ކަރަންޓް ކަޑާލުމަށް އަންގާފައިވާނެ ކަމަށެވެ.
ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕޭނުގައި ބޭނުންކުރާ ޓީޝާޓްލާން މެންޗެސްޓާ ޔުނައިޓެޑުގެ ރިއޯ ފާޑިނާންޑު ދެކޮޅު ހެދުމުގެ ސަބަބުން މެން ޔުނައިޓެޑުގެ އަގު ވެއްޓިފައިވާ ކަމަށް އެ ޓީމުގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
ފާގަސަން ބުނީ، އޭނާ ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރީޑިންގެ ޖޭސަން ރޮބާޓް ޓީޝާޓު ލުމާއި ދެކޮޅު ހަދަމުންދާތީ، އޭނާ ނޫން ހުރިހާ ކުޅުންތެރިން ޓީޝާޓު ލާނެކަމަށް ބުނެވުނީ، އިތުރު އެހެން ކުޅުންތެރިއަކު އެކަމާއި ދެކޮޅު ހަދާނެކަމަށް އުއްމީދު ނުކުރާތީ ކަމަށެވެ. އަދި ފާޑިނާންޑުގެ އެ ނިންމުމާއި ގުޅިގެން ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ހިނގައްޖެކަމަށާއި، އެކަމާއި ބެހޭ ގޮތުން އޭނާއާއި ވާހަކަ ދައްކަން ބޭނުންވާކަމަށެވެ.
ފާގަސަން ބުނީ ރަނގަޅު މަގުސަދެއްގައި ކުރާ ކަމެއްގައި ބައިވެރިނުވުމާއި ދެކޮޅު ހަދަމުންދާއިރު، އެކަމާއި ދެކޮޅު ހަދާ ސަބަބު ސާފުކޮށްދެވެން ޖެހޭ ކަމަށެވެ.
ނަސްލީ ތަފާތުކުރުމާއި ދެކޮޅު ކެމްޕޭން އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ، ރިއޯ ފާޑިނާންޑު ފަދަ ބަލައިގަނެފައިވާ ކުޅުންތެރިއަކު އެފަދައިން އަމަލުކުރުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި، ފާޑިނާންޑުމެން ފަދަ ކުޅުންތެރިން މި ހަރަކާތުގައި ބައިވެރިވެއްޖެނަމަ އެކަމުގެ ފައިދާ ކެމްޕޭނަށް ކުރާނެކަމަށް ވެސް ފާގަސަން ބުންޏެވެ. އަދި ފާޑިނާންޑުގެ އެ ނިންމުމުގެ ސަބަބުން ފުޓްބޯޅަ އިދާރާތަކަށް ރަނގަޅު މެސެޖެއް ލިބިގެންދާނެކަމަށާއި، ޚާއްޞަ ގޮތެއްގައި ފުޓްބޯޅައިގެ ތެރޭގައި އޮތް ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން ހާމަވާ ކަމަށެވެ.
ފާޑިނާންޑު ވެސް އަދި ރޮބާޓްސް ވެސް ބުނެފައިވަނީ، ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭއިރު، އެކަމާއި ދެކޮޅަށް ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޮތްކަމަށް ޤަބޫލުނުކުރާކަމަށެވެ.
ފުޓްބޯޅައިގައި ތެރޭގައި ވަކި ހިއްޕަމުން އަންނަ ނަސްލީ ގޮތުން ދިމާކުރުމާއި، ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކާއި ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕޭން އެންމެ ފުރަތަމަ ބާއްވާފައިވަނީ، 1993ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ