ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ގާޒާ ފަންޑަށް

ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ގާޒާ ފަންޑަށް ހަދިޔާ ކުރުމަށް ސުޕްރީމް ކޯޓުން ނިންމަވައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމެވީ، އިސްރައީލުގެ ޢުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހެމުން ދާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
އެގޮތުން، ރާއްޖޭގެ ހުރިހާ ޝަރުޢީ ކޯޓުތަކެއްގެ ފަނޑިޔާރުންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ގާޒާ ފަންޑަށް ޖަމާ ކުރެވިގެން ދާނެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަ އެކި ސްކޫލްތަކުގައި ވަނީ ޣައްޒާއަށް އެހީތެރިވުމަށް ފަންޑު ފޮށިތަކެއް ބަހައްޓާފަ އެވެ.
ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް ދަނީ ޣައްޒާ ފަންޑަށް ބޮޑެތި އެހީތަކެއް ވެދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ