އެސްޓީއޯގެ ސާފު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ނިންމައިފި

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާ އަކަށް 58 ރުފިޔާ ބެހުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބުނީ ހިއްސާގެ ފައިދާ އަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
ހިއްސާދާރުންނަށް މިއަދަދު ބެހުމަށް ފާސްކޮށްދިނުމަށް އެދި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ކަަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މެއި މަހުގެ ތެރޭގަ އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއް ހޮވުމަށް ނިންމާފައިވާ ކަމަށްވެސް އެކުންފުނިން ވަނީ މައުލޫމާތު ދީފަ އެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ތިއްބެވީ ޖުމްލަ ހަތަރު ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ