ފުރަތަމަ 4 މަހު ހައިކޯޓުން 99 މައްސަލަ ނިންމައިފި

މިއަހަރުގެ ފުރަތަމަ 4 މަހު ދިވެހިރާއްޖޭގެ ހައި ކޯޓުން 90 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހައިކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތަކުގެ އަދަދަކީ، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ދަށް އަދަދެކެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 4 މަހުގެ ތެރޭގައި ހައިކޯޓުން ނިންމާފައިވަނީ 132 މައްސަލައެވެ. އަދި މި އަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ނިންމާފައިވަނީ 99 މައްސަލައެވެ.
ހައި ކޯޓުން މިއަހަރުގެ ފުިރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ނިންމި 99 މައްސަލަައިގެ ތެރެއިން، ޖެނުއަރީމަހު 26 މައްސަލަ، ފެބްރުއަރީމަހު 43 މައްސަލަ، މާރޗް މަހު 13 މައްސަލަ އަދި ނިމުނު އޭޕްރީލްމަހު 17 މައްސަލަ ނިންމާފައިވެއެވެ.
• ޢާއިލީ ކަންކަމާ ގުޅޭ 2 މައްސަލަ
• އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ ގުޅޭ 2 މައްސަލަ
• ވަޒީފާއާ ބެހޭ 22 މައްސަލަ
• ޖިނާއީ 37 މައްސަލަ
• ދުސްތޫރީ 1 މައްސަލަ
• މަދަނީ 35 މައްސަލަ
ހައި ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަހު އެ ކޯޓަށް ހުށައަޅާފައިވަނީ 73 މައްސަލައެވެ. އަދި މި މުއްދަތުގައި 36 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 57 މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ