ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އޭޕްރީލް 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މީހަކު މިއަދު މެންދުރުފަހު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލި ކެމްޕެއިމް އޮފީހަކީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކޮށް، ގޮނޑި ކާމިޔާބުކުރެއްވި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ