ހާ ގޮވާ އަޑުއިވުން: ﷲ ތަޢާލާގެ ފަޟްލްވަންތަކަމަށް އެދި ދުޢާކުރަން ލިބޭ ރަނުގެ ފުރުޞަތެއް!

މިހާރު މާލޭގައި ކުކުޅު ހާ ނުގެންގުޅޭތީ ހާގޮވާއަޑު ނުއިވިދާނެއެވެ. މިހާރުވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ކުކުޅު ހާ ގެންގުޅޭތީ ހާގޮވާއަޑު އިވޭނެއެވެ. ވީމާ އެއީ ބޭނުން ހިފަން އަގުހުރި ފުރުޞަތެކެވެ. 
ހާ ގޮވާ އަޑުއިވުމުން ދުޢާކުރުން: 
(صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا…)) [رواه البخاري / كتاب: بدء الخلق / باب: خير مال المسلم… / رقم: ٣٣۰٣] 
މާނައީ: " އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން އެއަށް މަލާއިކަތެއް ފެނިއްޖެއެވެ…" 
-އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ބަސްފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ