ފަލަސްތީނު ރައްޔިތުން ޝަހީދުކުރާތަން ބަލާކަށް ނުތިބެވޭނެ

އިޒްރޭލުން އެއްވެސް ކުށަކާ ނުލާ ފަލަސްތީނު ރައްޔިތުން ޝަހީދުކުރާތަން ބަލަން ނުތިބެވޭނެ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ތުރުކީން ވަނީ އިޒްރޭލާއެކު ވިޔަފާރީގެ މުއަމަލާތްތައް ކުރުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.
މި ނިންމުމާ ގުޅިގެން ތުރުކީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އުރުދުގާން ވިދާޅުވީ މިއީ ހަނގުރާމަ ހުއްޓާލުމަށާއި އަދި ގާޒާ އަށް އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލަށް މަޖުބޫރު ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. މިހާތަނަށް އިޒްރޭލުން އެއްވެސް ކުށަކާ ނުލާ މިހާތަަނަށް ފަލަސްތީނުގެ 45،000 ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަަމަށާއި މިއީ މުސްލިމުންގެ ހައިސިއްޔަތުން ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށްވެސް އުރުދުގާން ވިދާޅުވި އެވެ.
ތުރުކީން ނިންމީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް އުރުދުގާން ވިދާޅުވި އިރު، މި ނިންމުމާ ގުޅިގެން އިޒްރޭލުން ވަނީ އުރުދުގާން އަކީ ހުދުމުހުތާރު ލީޑަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މި ނިންމުން ނިންމާފައިވާއިރު ތުރުކީ އާއި އިޒްރޭލާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު މިދިޔަ އަހަރު އެކަނި ވެސް ގާތްގަނޑަކަށް 7 ބިލިއަނަށް އަރަ އެވެ.
ތުރުކީން އިޒްރޭލާއެކު ވިޔަފާރީގެ މުއަމާލާތްތައް ކުރުން ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައި ނަމަވެސް، އިޒްރޭލާއެކު ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުން ތުރުކީން ނިމުމަކަށް މިހާތަނަށް ގެނެސްފައެއް ނވެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ