2 ރޯދައިގެ ޘަވާބު ލިބޭނެ މަގުން ވަރަށް ލުއިކޮށް ހަރޯދަ ހިފިދާނެ!

ބަރަކާތްތެރި ރަމަޟާން މަސް ނިމުމާއިއެކު އޮތީ ޝައްވާލުމަހުގައި 6 ރޯދަ ހިފުމެވެ. ހިފާ ކޮންމެ ރޯދައަކަށް 2 ރޯދަ ހިފުމުގެ ޘަވާބު ލިބޭނެ ގޮތަށް އެކަން ކުރެވޭނެ ވަރަށް ލުއި ގޮތެއް އެބައޮތެވެ.  
އެގޮތަކީ ސުންނަތް ރޯދަ ހިފަން ނިޔަތް ގަނެގެން ހޯމަ ދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފުމެވެ. އެއިރުން ހޯމަ ނުވަތަ ބުރާސްފަތިދުވަހު ރޯދަހިފިކަމުގެ ޘަވާބުވެސް ﷲ ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ލުއި މަގުން ގިނަ ޘަވާބު ލިބޭނެ މަގު ﷲ ތަޢާލާ ވަނީ ތަނަވަސްކޮށް ދެއްވަވައިފައެވެ. މުހިންމީ ފަރުވާ ތެރިވެ ދަރުމަ ލިބިގަތުމެވެ. ރަމަޟާން މަސް ނިމުމުން ފުރަތަމަ ކަމަކަށް ޤަޟާކުރައްވަން ޖެހިލައްވާ ރޯދައެއްވާނަމަ އަވަހަށް އެކަންކޮށްލައްވާށެވެ. އެއަށްފަހު ޝައްވާލްމަހުގެ ހަރޯދަ ހިފާށެވެ. 
އެހެނީ ޙަދީޘްފުޅުގައި އޮތީ ރަމަޟާންމަހުގެ ރޯދަ ހިފައި ޝައްވާލްމަހުން 6 ދުވަހު ރޯދަ ހިފުމަށެވެ. ރަމަމާން މަހުގެ ރޯދަ ހިފުނުކަމަށްވާނީ ރަމަޟާންމަހުގައި ހިފަންޖެހޭ ރޯދަ ހިފައި ހަމަކުރުމުންނެވެ.  
އިން ޝާ ﷲ އެއިރުން މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު އެމީހަކަށް ދެއްވަވާނެތެވެ.  މިކަމާއި ގުޅުންހުރި ލިޔުންތައް މިއަދުނޫހުގައި ވާނީ މިހާރުވެސް ޝާއިޢު ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ