ރިޔާސީ އިންތިހާބެކޭ އެއްފަދައިން މިފަހަރުވެސް ދިޔަރެސް އިން ދޮގު ހަބަރު ފަތުރާނެ! ރިޔާސީ އިންތިހާބުގެ އިޔޫ ރިޕޯޓުގައި އަޒާނުގެ ދޮގުތަކުގެ ވާހަކަ ބަޔާން ކޮށްފައިވޭ!

ރިޔާސީ އިންތިހާބެކޭ އެއްފަދައިން މިފަހަރުވެސް ދިޔަރެސް އިން ދޮގު ހަބަރު ފަތުރާން ފަށައިފިއެވެ. މުއިއްޒު ޚަރަދު ކޮށްގެން ހިންގާ ދިޔަރެސް ނޫހުގައި، ގިނަ ދޮގު ޚަބަރު ތަކެއް ފާއިތުވި ދެ ދުވަހު ވެސް ވަނީ ހިމަނާފައެވެ. ކެންޑިޑޭޓުންގެ ހައްޤުތަކަށް އުނި ކަން އަންނަހެން އުފައްދައިގެން ކަނޑައެޅިގެން ދޮގު ވާހަކަ ޖަހަމުން ދަނީ މުއިއްޒު ބޭނުން ފުޅު ވެގެން ކަން ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރިޔާސީ އިންތިހާބުގެ އިޔޫ ރިޕޯޓުގައި އަޒާނުގެ ދިޔަރެސްގެ ދޮގުތަކުގެ ވާހަކަ ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން އެނޫހުން މިސްއިންފޮމޭޝަން ކެމްޕެއިނެއް ހިންގި ވާހަކަ އާއި، ކަނޑައެޅިގެން އެތައް ދޮގުތަކަތެއް އާންމު ރައްޔިތުންނަށް ހަޤީގަތް އޮޅުވާލުމުގެ ބޭނުމުގައި ފަތުރާފައި ވެއެވެ. ބަޔަކު ރާއްޖޭގައި ދޮގު ހަދައިގެން އެވާހަކަ ބައިނަލްއަޤްވާމީ ރިޕޯޓުތަކަށް އަރާ ހިސާބަކަށް ދުވަހަކުވެސް ރާއްޖޭގައި ދޮގު ހެދުމެއް މީގެ ކުރިން ނުދެއެވެ. އެކަމުގެ ޝަރަފުވެސް ހާާސިލް ކުރެއްވީ މުއިއްޒު އާއި އޭނާގެ ބައިވެރިންނެވެ.
މުއިއްޒު އާއި ގުޅިގެން ދިޔަރެސް ނޫހުގައި ލިޔުނު ދޮގު ވާހަކަ ތަކާއި، އަދި މިހާރުވެސް މުއިއްޒު ހައްދަވަމުންދާ ދޮގު ތަކުގެ ސަބަބުން، މުއިއްޒަކީ ކައްޒާބެއް ކަމަށް ގިނަ ދިވެހިން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ