ސްޓެލްކޯއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަކީ އެންމެ މުހިންމު ހިދުމަތް ކަމުގައި ވީނަމަވެސް، ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވެ، ޑިމާންޑަށް ކޭޓަރކުރެވޭނެ ވަރުގެ އިންޖީނު ހޯދިފައި ނެތުމަކީ ސްޓެލްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، އަބަދުވެސް ސްޕެއަރ ހުންނަ ކަމަށާއި، ކްރިޓިކަލް އިންފްރާސްޓްރަކްޗާގަ ކްރިޓިކަލް ރިސްކަށް ބޭނުންވާ ހުރިހާ ސްޕެއާރސް އޭގެ ތެރޭގައި ހިމެނޭ ކަމުގައެވެ.
ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުން އިންވެސްޓް ކުރުމުގައި ފަހަތުފަޔަށް ބުރަވެފައި އޮތް އޮތުން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ އަމާޒާ އެއްގޮތަށް އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގައެވެ.
ހާލަތު ހުރިގޮތުން އެންމެ އިންޖީނަކަށް ކަމެއް ދިމާވިޔަސް ބައެއް ސަރަޙައްދުތަކުން ކަރަންޓް ކަނޑާލަން ޖެހޭ: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ